ބީއެމްއެލް މާފުށީ ބްރާންޗު (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް މާފުށީ ބްރާންޗުން ދޭ ހިދުމަތްތައް ފުޅާކޮށްފި

މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަށް ވެފައި އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު ބޭންކިން ހިދުމަތަށް އޮތް ޑިމާންޑު ބޮޑުވެފައިވާ ކަމަށް ބީއެމްއެލް އިން ބުނި

ބީއެމްއެލްގެ މާފުށި ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށްފި އެވެ.

ވީ ކިހިނެއް؟ - ބޭންކުން ބުނީ މާފުށީ ބްރާންޗުން އާންމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތްތައް މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށެވެ.

ތަފްސީލް - މިއާއެކު އެ ބްރާންޗުން ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި:

  • ޑޮލަރު ޖަމާކުރުމާއި ނެގުން

  • ލޯނާއި ފައިނޭންސިންއަށް އެދި ހުށަހެޅުން

  • ޗެކް ޑިޕޮސިޓް ކުރުން

  • ސްޓޭޓުމެންޓު ދޫކުރުން

  • ބޭރުފައިސާ މާރުކުރުން

މީގެ އިތުރުން، މާފުށީ ބްރާންޗު އޭޓީއެމްއިން  24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ބީއެމްއެލް ގެ ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަށް ވެފައި އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާ އެކު ބޭންކިން ހިދުމަތަށް އޮތް ޑިމާންޑް ބޮޑުވެފައިވާ ކަމަށެވެ.

" މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި މިރަށަށް ޒިޔާރަތްކުރާ އެންމެންނަށް ބޭންކިން އާ ގުޅުން ހުރި ގިނަ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ބީއެމްއެލްގެ ބޭންކިން ވިއުގައިގައި:

  • 20 އަތޮޅުގައި 38 ބްރާންޗު ހިމެނޭ

  •  86 ސެލްފް ސާވިސް ބޭންކިން ސެންޓަރު

  • 143 އޭޓީއެމް

  •  200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން

  • އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް