ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު (ފޮޓޯ/ޕީއެސްއެމް)

ޔޫރޯ 2024

ސޮނީއަށް ދައްކަން އޮތް ދަރަނި ހަލާސްކުރަން ނިންމުމުން ޔޫރޯ މެޗުތައް ޕީއެސްއެމްއަށް

މި ސަރަހައްދުގައި ޔޫރޯ މެޗުތަކުގެ ރައިޓްސް އޮންނަ ސޮނީއަށް ޕީއެސްއެމް އޮތީ 8 މިލިއަން ރުފިޔާއިން ދަރާފައި

އަންނަ މަހު 14ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭނެކަން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕީއެސްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ޒުވާނުންނަށާއި ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ޔޫރޯ މެޗުތައް ދައްކަން ސަރުކާރުން އެއްބާރުލުން ދިން ކަމަށެވެ.

ތަފްސީލް - ޒީނާ ވިދާޅުވި ގޮތުގައި ސައުތު އޭޝިއާ ސަރަހައްދުގައި ޔޫރޯގެ ރައިޓްސް އޮންނަ އިންޑިއާގެ ސޮނީއަށް ޕީއެސްއެމް އިން ދައްކަން ޖެހޭ 8 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ. ޕީއެސްއެމްއިން ޔޫރޯ ދެއްކުމުގެ ރައިޓްސް ލިބުނީ އެ ދަރަނި އަދާކުރާނެ ޕްލޭނެއް ހަދައި، އެކަން ކުރާނެ ގޮތް ހަމަޖެއްސުމުން އޭނާ ވިދާޅުވި އެވެ. 

އެ ކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބުނުކަން ޒީނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޕީއެސްއެމްއިން ޔޫރޯގެ މެޗުތައް ގެނެސްދޭނީ ޔެސް ޓީވީ އާއި ޓީވީއެމް މެދުވެރިކޮށް ކަމަށެވެ.

ކޮމެންޓް (2)

އައްޔަ

29 މޭ 2024
ނިވުސްކޮންފަރެންސްގެ 90% ހެދީ ދޮގު. ހަރަދެއްކުޑަނުވޭ މުސާރައަށް ކުރާހޭދަވެސް ވީ އިތުރު. އަލީ ހާލިދު ހުރިއިރުވެސް މަހަކު ފަނަރަލައްކަ ރުފިޔާ އާމްދަނީ ލިބޭ. ފިނޭންސުން ހާމަކޮށްފަހުރި ހިސާބުތަކުން އެނގޭ. އެއްވެސް ސިޔާސީ ބާރެއް ނެތް ނިކަމެތި ސޮރު ސައްޕެއްޖަހާ ބޮލުގަ އިލްޒާމް އަޅުވާ އެބޭރުކޮށްލީ
0 0

ސިފާހު

29 މޭ 2024
ދަރަންޏަކީ ޕީއެސްއެމް ކަނެކްޓަށް ސޮނީ ޗެނަލަތަކަށް ބޮޑު އަގުގައި ނަގާފަ ނުދައްކާ ހުރި ދަރަނި. އަލީ ހާލިދު ހެދި ދަރަންޏެއް ނޫންތީ. ބައެއްގެ މަސްލަހަތު ހިމެނޭ ކަންކަމެއް ނުކުރެވިގެން ތަނުގަ ދުވަސްވީ ހިދުމަތްތެރިއެއްގެ މުޅި ކެރިއަރު ކަލޭމެން ތި ހަލާކުކޮށްލީ ދޮގު އިލްޒާމު އަޅުވާފަ. ޢެކަމަކުވެސް ހަމަ އޯގާތެރި ސަރުކާރު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް