ބީއެމްއެލް އިސްލާމިކްގެ އޭޓީއެމްއަކުން މީހަކު ހިދުމަތް ހޯދަނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

'ވާދަވެރިކޮށް ނުދެކެން؛ އެކަމަކު ބީއެމްއެލް އިސްލާމިކް ވަރަށް ކާމިޔާބު'

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ކާލް ވިދާޅުވި ގޮތުގައި ބީއެމްއެލް އިސްލާމިކުން 70،000 ވަރަކަށް ކަސްޓަމަރުން ހިދުމަތް ހޯދާ. ބީއެމްއެލް އިސްލާމިކްގައި ކަސްޓަމަރުންގެ 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ރައްކާކޮށްފައި އެބަހުރި

"އަޅުގަނޑުމެން ނުބަލަން މިއީ ކޮމްޕެޓިޝަނެއްގެ ގޮތުގައި،" ރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލް އިސްލާމިކްއާ ބެހޭ ގޮތުން ހިއްސާދާރަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ބޭންކުގެ ސީއީއޯ ކާލް ސުމްކަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދެނީ ބީއެމްއެލްގެ ހިދުމަތް ހޯދާނެ އިތުރު ގޮތެއް. އެއީ ޝަރުއީ ހަމަތަކަށް ފެތޭ ގޮތަކާއި ކޮންވެންޝަނަލް ގޮތަކަށް ބޭންކިން ހިދުމަތް ހިޔާރުކުރުން."

ބީއެމްއެލްގެ 41 ވަނަ އަހަރީ އާންމު ޖަލްސާ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ހިއްސާދާރުގެ ސުވާލު އަމާޒުކުރީ ބީއެމްއެލް އިސްލާމިކްގެ މަސައްކަތާ ބެހޭގޮތުންނެވެ.

ޖަވާބުގައި ކާލް ވިދާޅުވީ ބީއެމްއެލް އިސްލާމިކްގެ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެއްވަން ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރެއްވި އެވެ.

ބީއެމްއެލްގެ ވަނަ އަހަރީ އާންމު ޖަލްސާ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

"އަޅުގަނޑުމެން ދޫކޮށްފައިވާ ލޯނުތަކުގެ އަގު 2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު. ބީއެމްއެލް އިސްލާމިކްގައި 2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ކަސްޓަމަރުން ރައްކާކޮށްފައި އެބަހުރި. ގާތްގަނޑަކަށް 70،000 ކަސްޓަމަރުން ބީއެމްއެލް އިސްލާމިކްގައި އެބަ ތިބި،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ ކާލް ވާހަކަ ދައްކަވަނީ. (ފޮޓޯ/ބީއެމްއެލް)

ކާލް ވިދާޅުވީ ބީއެމްއެލް އިސްލާމިކުން އަންނަނީ ރާއްޖޭގެ މާކެޓަށް ޒަމާނީ އާ ހިދުމަތްތައް ތައާރަފްކޮށް، ޓްރެންޑުތައް ސެޓުކުރަމުން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ މިދިޔަ ހޯމަދުވަހު ބީއެމްއެލް އިސްލާމިކުން ތައާރަފްކުރި ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑެވެ.

ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ކާޑު

- މި ކްރެޑިޓް ކާޑުން 'ބީއެމްއެލް އީޒީ ޕޭ' މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ނުވަތަ ބަހާލައިގެން ފައިސާ ދެއްކޭނެ
- މިއީ އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ، އުޖްރާ އުސޫލުން ތައްޔާރުކޮށްފައިވާ ކާޑެއް

"އެހެންވީމަ ބީއެމްއެލް އިސްލާމިކް ވެސް [ޕާފޯމަންސް] ވަރަށް ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަނީ،" ކާލް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް