ބީއެމްއެލް އިސްލާމިކް އިން، ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމިކް ކްރެޑިޓް ކާޑެއް މިއަދު ތައާރަފް ކުރަނީ
ބީއެމްއެލްއިން އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފްކޮށްފި
ޝަރުއީ ހަމަތަކަށް ފެތޭ އިސްލާމިކް ކްރެޑިޓް ކާޑު، ބީއެމްއެލް އިސްލާމިކް އިން ފުރަތަމަ ފަހަރަށް މިއަދު ރާއްޖޭގައި ތައާރަފްކޮށްފި އެވެ.
ބީއެމްއެލުން ބުނިގޮތުގައި އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުން ކުރެވޭ މި އިސްލާމިކް ކްރެޑިޓް ކާޑަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް، 'ޕޭމަންޓް ސޮލިއުޝަން' ބޭނުން ކުރަން އެދޭ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި ފަރުމާކޮށްފައިވާ ކާޑެކެވެ.
އަދި ކާޑު ތައްޔާރުކޮށްފައިވަނީ ބުކިންޑޮޓްކޮމް އާއި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ކަމަށާއި ކާޑު ފަރުމާކޮށްފައިވާ ގޮތުން، ރާއްޖެ އާއި ބޭރުގެ ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
ބީއެމްއެލްއިން ބުނިގޮތުގައި:
-
މި ކްރެޑިޓްކާޑުން 'ބީއެމްއެލް އީޒީ ޕޭ' މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ނުވަތަ ބަހާލައިގެން ފައިސާ ދެއްކޭނެ
-
އަދި މިއީ، ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދިނުމުން, އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ ނެގޭގޮތަށް، އުޖްރާ އުސޫލުން ތައްޔާރުކޮށްފައިވާ ކާޑެއް
-
ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމުގައި ރަޖިސްޓްރީކޮށް, ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ
-
އަދި ފްލައިޓް ޓިކެޓާއި ކާރު ކުއްޔަށް ނެގުމާއި ހޮޓެލް ބުކިންތަކަށް އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 'މަޗަންޓުން'ގެ ވައުޗަރު ބޭނުންކުރުމަށް މި ޕޮއިންޓްތައް ބޭނުން ކުރެވޭނެ
"ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް، ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިއްމު ބައެއްގެ ގޮތުން މި ކްރެޑިޓް ކާޑު ތައާރަފްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް މިއަދު ވިދާޅުވި އެވެ.
ކޮމެންޓް (1)
ސަމީރު