ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފޮޓޯ/އަޒްމީ އަހުމަދު)

ގްރީން ފަންޑް

ގްރީން ފަންޑުގައި 1.3 ބިލިއަން ރުފިޔާ

މާޗު މަސް ތެރޭ ތެރޭ ގްރީންފަންޑަށް 113 މިލިއަން ރުފިޔާ ޖަމާކޮށް 19 މިލިއަން ރުފިހާ ހަރަދުކޮށްފައިވޭ

މި އަހަރުގެ މާޗު މަސް ނިމުނު އިރު ގްރީން ފަންޑުގައި1.3 ބިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީ އިން މިދިޔަ ހަފްތާ އާންމުކޮށްފައިވާ ގްރީން ފަންޑުގެ މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ މަސް ތެރޭ ގްރީންފަންޑަށް 113 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.

ތަފްސީލް - އެ ހިސާބުތަކަށް ބަލާއިރު، ރިސޯޓުތަކާއި ސިޓީ ހޮޓާ އަދި ގެސްޓު ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި 111 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ލިވަބޯޑު ވެސަލް ތަކުން 2.4 މިލިއަން ރުފިޔާ އަދި ހޯމް ސްޓޭ ވިޔަފާރިތަކުން 13،952ރ ގްރީން ޓެކްސްގެ ގޮތުގައި މާޗު މަހު ދައްކާފައިވެ އެވެ.

އެ މުއްދަތުގައި ގްރީން ފަންޑުން 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ހިސާބުތައް ދައްކަ އެވެ. ގްރީން ފަންޑުން ހޭދަކުރަނީ ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި ނަރު

ދަމާ އާއި ފެނުގެ ނިޒާމު ގާއިމް ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އަދި ކުނި މެނޭޖުކުރުމުގެ ޕްރޮޖެކްޓުތަކުގެ އިތުރުން ނޭޗާ ޕާކުތައް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ހިމެނެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ގްރީން ފަންޑުން ހޭދަކުރި އަދަދުތައް

  • ޖެނުއަރީ: 138،907ރ

  • ފެބްރުއަރީ: 93 މިލިއަން ރުފިޔާ

  • މާޗު:19 މިލިއަން ރުފިޔާ

ގްރީން ފަންޑުން ހޭދަކޮށްގެން މާޗު މަހު ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ތެރޭގައި

  • ފުވައްމުލައް ގޮނޑުދޮށް ހިމާޔަތްކުރުން

  • ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުން

  • ހއ. މާރަންދޫ، ތ. ދާދިއްފުށި، އދ. ކުނބުރުދޫ، ހދ. ހިރިމަރަދޫ، އއ. ހިމަންދޫ އަދި ގދ. ނަޑެއްލާގެ ފެނާއި ނަރުދަމާ ގާއިމް ކުރުން

  • ހިންމަފުށީގެ ފެނުގެ ނިޒާމުގެ މަސައްކަތް

ގްރީން ޓެކުހުގެ ގޮތުގައި މިހާރު ނަގަނީ:

  • ރިސޯޓް އަދި 50 ކޮޓަރިން މަތީގެ ގެސްޓްހައުސް އާއި ހޮޓަލުން ދުވާލަކު ބޮލަކަށް 6 ޑޮލަރު

  • 50 ކޮޓަރިއަށް ވުރެ ދަށް ގެސްޓްހައުސް އަދި ހޮޓާތަކުން ދުވާލަކު ބޮލަކަށް 3 ޑޮލަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް