މާސްޓާކާޑުން ވިޔަފާރިކޮށްގެން ޗެމްޕިއަންސް ލީގު ފައިނަލުގައި ދަނޑަށް އެރުމުގެ ފުރުސަތު ލިބުނު ނަސީބުވެރިޔާ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ ޒާއިން އަށް

ކްލަބް ފުޓްބޯޅައިގެ 'ވޯލްޑް ކަޕް' ކަމަށް ބެލެވޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ވެމްބްލީ ސްޓޭޑިއަމްގައި އޮންނާނީ 1 ޖޫންގައި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްގެ މާސްޓާ ކާޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ދަށުން ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ދަނޑު، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގެ ދަނޑަށް، ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ދެ ޓީމާ އެކު، ދަނޑަށް އެރުމުގެ ފުރުސަތު ކުޑަ ކުއްޖަކަށް ލިބޭނެ އެވެ.

ތަފްސީލް - މި ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ މުހައްމަދު މުހުދިން، ހުސްނޫވިލާ/ ސ. މަރަދޫ އެވެ. ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ މުހުދިންގެ ކޮއްކޮ، އިބްރާހިމް ޒާއިން ޒިޔާދަށެވެ.

ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި މުހުދިން އާއި ޒާއިން އަށް ހުރިހާ ހަރަދަކާ އެކު ލަންޑަންގައި ހަތަރު ދުވަހުގެ ހުރުން ލިބޭނެ އެވެ.

އޭގެ ތެރޭގައި

  • ލަންޑަން ދެކޮޅު ޓިކެޓް

  •  އެކޮމޮޑޭޝަން

  • ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް

  •  ޕޮކެޓް މަނީ 

  • ވެލްކަމް ގިފްޓެއް

މި ޕްރޮމޯޝަންގެ ނަސީބު ވެރިޔާ ހޮވިއިރު މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑުބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބީއެމްއެލްގެ މާސްޓާކާޑު ކަސްޓަމަރުން ކުރި ހުރިހާ މުއާމަލާތެއް ހިމެނި އެވެ.

ކްލަބް ފުޓްބޯޅައިގެ 'ވޯލްޑް ކަޕް' ކަމަށް ބެލެވޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ވެމްބްލީ ސްޓޭޑިއަމްގައި އޮންނާނީ 1 ޖޫންގަ އެވެ.

އެނގުން މުހިއްމު - މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން ދަނީ ރާއްޖޭގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް