ވިލާ ކޮލެޖުގެ ޕްރޮގްރާމެއް ތައާރަފުކުރަން ބޭއްވި އިވެންޓެއް (ފޮޓޯ/ވިލާ ކޮލެޖު)

އެޑްވަޓޯރިއަލް

ޓޫރިޒަމް ދާއިރާއަށް ހާއްސަ ވިލާ ކޮލެޖުގެ ކަލިނަރީ އާޓްސް ޕްރޮގްރާމް

ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ކްލާސްރޫމުގައި ކިޔަވައިދިނުމުގެ ތެރެއިން ލިބޭ މައުލޫމާތާއި އަމަލީ ތަޖުރިބާ ވެސް ލިބޭ ގޮތަށް

ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ ކަލިނަރީ އާޓްސް ދާއިރާގައި ދިވެހިންނަށް ވަޒީފާ ފުރުސަތު ހަނިވުމެވެ. މި ދާއިރާއަށް ޝައުގުވެރިވާ، މި ދާއިރާއިން ކުރިއަށްދާން ބޭނުން ގިނަ ބަޔަކު ތިބިއިރު، އެ މީހުންނަށް ހުރަހަކަށް ވެފައި ވަނީ، މަދުރަސީ ތައުލީމުގެ ތެރެއިން އެކެޑަމިކް ރަނގަޅު ފެންވަރެއްގެ ސެޓްފިކެޓެއް ނެތުމެވެ.

ވިލާ ކޮލެޖުން ވަނީ ޖީސީއީ އޭ-ލެވެލް ނުވަތަ އޯ-ލެވެލް އިން ރަނގަޅު ނަތީޖާއެއް ނެތް ނަމަވެސް މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ރަނގަޅު ފުރުސަތެއް ތައާރަފުކޮށްފަ އެވެ.

އެ ކޮލެޖުން މިދިއަ މަހު ތައާރަފުކުރި ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ކޯހަކީ އެ ފުރުސަތެވެ. މިއީ ކަލްނަރީ ދާއިރާއަށް އަލަން ވަންނަން ޝައުގުވެރިވާ މީހުންނަށް އޮތް ރަނގަޅު ފުރުސަތެކެވެ. ހަ މަހުގެ މިކޯހުގައި ގްރޭޑް ހަތެއް ނިންމާފައި ހުރި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

މި ކޯހާ ގުޅޭ ބައެއް މައުލޫމާތު:

  • ސެޓްފިކެޓް ލެވަލް 3 އިން ކަލިނަރީ އާޓްސް ފުރިހަމަ ކުރުމަށް ފަހު މި ދާއިރާއިން އެއް އަހަރުގެ ފައުންޑޭޝަން ކޯހެއް ހެދުމުގެ ފުރުސަތު ލިބޭނެ

  • އެ ސެޓްފިކެޓާ އެކު ވިލާ ކޮލެޖުގައި ހިންގާ މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބެޗްލަ އޮފް ކަލިނަރީ މެނޭޖްމަންޓް (އޮނާސް) ޑިގްރީ ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބޭނެ

ސެޓްފިކެޓް 3 އިން ކަލިނަރީ އާޓްސް ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ ކްލާސްރޫމުގައި ކިޔަވައިދިނުމުގެ ތެރެއިން ލިބޭ މައުލޫމާތުގެ އިތުރުން ކޯހުގެ މޮޑިއުލްތައް ކިޔަވައިދިނުމަށް ހާއްސަ މާހައުލެއްގައި އަމަލީ ތަޖުރިބާ ވެސް ލިބޭ ގޮތަށެވެ.

މި ކޯހުގައި ކިޔަވައިދޭނީ ކަލިނަރީ އާޓްސް ދާއިރާއިން އެންމެ ތަޖުރިބާކާރު، ލެކްޗަރާއިންނެވެ.

ރާއްޖޭގެ ވަޒީފާ ބާޒާރުގެ ޑިމާންޑްތަކަށް ބަލައިގެން ފަރުމާކުރި މި ކޯހުސް ފުރިހަމަކުރާ ދަރިވަރުންނަން ދަސްވާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި؛

  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަން އެނގުން

  • ރައްކާތެރިކަމާއި ތާޒާކަމާ އެކު ކާބޯތަކެތި ތައްޔާރުކުރާނެ ގޮތް ދަސްވުން

  • ތަފާތު މުޖުތަމައުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ގޮތަށް، އެކި ބާވަތުގެ ކާބޯތަކެތި، ތައްޔާރުކުރަން ދަސްވުން

  • ކެއްކުމުގެ ތަފާތު އުކުޅުތައް އެނގުން

  • މީހުން ގަޔާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކޮށް އެ ހިދުމަތް ފޯރުކޮށްދޭން ދަސްވުން

ވިލާ ކޮލެޖްގެ ކަލްނަރީ އާޓްސް މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތަށް ފައިދާތަކެއް ކުރާނެ ކަމަށް އެ ކޮލެޖުން އުއްމީދުކުރެ އެވެ. އެ ދާއިރާއިން އިތުރު ދިވެހިންނަށް ވަޒީފާ ލިބެން ވެސް މަގުފަހިވާނެ ކަމަށް، ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ކޮލެޖުން ދެކެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް