ދިރާގުން ވަނީ ސްކޫލު ފެށުމާ ދިމާކޮށް އާ ޕްރޮމޯޝަނެއް ތައާރަފު ކޮށްފައި (ފޮޓޯ/ދިރާގު)

ދިރާގު

ބެކް ޓު ސްކޫލުގެ ނަމުގައި ދިރާގުން ހިލޭ ރައުޓަރު ލިބޭ ޕްރޮމޯޝަނެއް

އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ހިލޭ ސެޓް-އަޕް ލިބޭނެ

ދިރާސީ އާ އަހަރު ފެށުމާ ދިމާކޮށް 'ބެކް ޓު ސްކޫލު'ގެ ނަމުގައި ދިރާގުން އާ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

ތަފްސީލް - ދިރާގުން ބުނީ އެ އޮފާގެ ދަށުން ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ހިލޭ ސެޓް-އަޕް ލިބޭނެ ކަމަށެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާ ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖެއް ނެގި ނަމަވެެސް ލިބޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުން އަންނަ ކުދިންނަށާއި މަސައްކަތްކުރާ ޓީޗަރުންނަށް ވެސް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން ތަފާތު ގިނަ އާ އޮފާތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނަ ގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް