މޮނިން ސިރަޕް ބޭނުންކޮށްގެން މިކްސޮލޮޖިސްޓެއް ބުއިމެއް ތައްޔާރުކުރަނީ (ފޮޓޯ/ސިމްޑީ)

ސިމްޑީ

ސިމްޑީ މޮނިން ކަޕް: މިކްސޮލޮޖިސްޓުންނަށް ރާއްޖެ ތަމްސީލުކުރަން ރަނުގެ ފުރުސަތެއް

އެންމެ ރަނގަޅު 15 ރެސިޕީ ހުށަހަޅާ މިކްސޮލޮޖިސްޓުންނަށް 22 ޖޫންގައި ތާޖު އެގްޒޮޓިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވެވޭނެ. އެ މުބާރާތުން މޮޅުވާ މިކްސޮލޮޖިސްޓު ދާނީ ފްރާންސަށް

ސިމްޑީ ގްރޫޕުން ރާއްޖޭގައި ވިއްކާ ގޯމޭ ފްލޭވާ ބްރޭންޑް، 'މޮނިން'އަށް ހާއްސަ ބައިނަލްއަގްވާމީ މުބާރާތް، 'މޮނިން ކަޕް' އިއުލާންކޮށް، ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތަފްސީލު - ސިމްޑީއިން ބުނީ މޮނިން އިންޓަނޭޝަނަލްއިން އިންތިޒާމުކުރާ މި މުބާރާތަކީ މިކްސޮލޮޖިސްޓުންނަށް އެ ބްރޭންޑު ބޭނުންކޮށްގެން އުފެއްދުންތެރިކަމާއި ތަޖުރިބާ ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. މިއީ ދިވެހި މިކްސޮލޮޖިސްޓުންނަށް، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރަން ވެސް ލިބޭ ފުރުސަތެއް ކަމަށް ބުންޏެވެ.

ސިމްޑީ ރެސޫއިން ވިއްކާ މޮނިން ބްރޭންޑުގެ ސިރަޕާއި އެހެނިހެން ބައެއް އުފެއްދުންތައް (ދައުރު ފޮޓޯ/ހުސެން ސުނައިން)
ސިމްޑީ ރެސޫއިން ވިއްކާ މޮނިން ބްރޭންޑުގެ ސިރަޕް (ދައުރު ފޮޓޯ/ހުސެން ސުނައިން)

ސިމްޑީ މޮނިން ކަޕް 2024

މި މުބާރާތް ކުރިއަށްދާ ގޮތާއި ގަވާއިދުތައް ކަނޑައަޅާނީ މޮނިން އިންޓަނޭޝަނަލްއިންނެވެ. އެގޮތުން:

  • މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީވާއިރު ރެސިޕީ ހުށަހަޅަން ޖެހޭނެ

  • އޭގެ ތެރެއިން އެންމެ މޮޅު 15 ރެސިޕީ ހޮވާނީ މޮނިން އިންޓަނޭޝަނަލްއިން

  • އެ 15 ބައިވެރިންގެ ތެރެއިން ރާއްޖެ ތަމްސީލުކުރާ މިކްސޮލޮޖިސްޓް ހޮވާ މުބާރާތް ކުރިއަށްދާނީ ތާޖް އެގްޒޮޓިކާ ރިސޯޓް އެންޑް ސްޕާގައި

  • ކޮންމެ ބައިވެރިއަކަށް ވެސް ތަފާތު ހަތަރު ބުއިން ތައްޔާރުކުރަން 10 މިނެޓު ލިބޭނެ

  • މޮޅުވާ މިކްސޮލޮޖިސްޓަށް ފްރާންސްގައި ބާއްވާ އިންޓަނޭޝަނަލް ފައިނަލްގައި ރާއްޖެ  ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ؛ ފައިނަލް ބާއްވާނީ ޑިސެމްބަރު 2024ގައި

  • އެއް ވަނަ އަދި ދެ ވަނަ ރަނަރަޕްއަށް މެލޭޝިއާގައި ހުންނަ މޮނިން ފެކްޓްރީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބޭނެ 

ތާޖް އެގްޒޮޓިކާ ރިސޯޓް އެންޑް ސްޕާ

ޖޫން 22ގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ 27 އަހަރުން ދަށުގެ މީހުންނަށެވެ. ސިމްޑީގެ ވެބްސައިޓް މެދުވެރިކޮށް މި މުބާރާތުގައި ރަޖިސްޓްރީވެ، އިތުރު މައުލޫމާތު ބަލައިލެވޭނެ އެވެ.

މޮނިން ކަޕްގެ އިތުރު މައުލޫމާތު ވެސް ސިމްޑީގެ ވެބްސައިޓުން ލިބޭނެ އެވެ.

ސިމްޑީއަކީ 2010އިން ފެށިގެން މޮނިން ބްރޭންޑުގެ ރާއްޖޭގެ އެކްސްލޫސިވް ޑިސްޓްރިބިއުޓަރެވެ. ސިމްޑީއިން ފުރަތަމަ ރާއްޖެއަށް ތައާރަފްކުރީ މޮނިންގެ 10 ފްލޭވާއެކެވެ. ނަމަވެސް މިހާރު އެ ކުންފުނިން މޮނިންގެ 50 އަށް ވުރެ ގިނަ ފްލޭވާތަކާއި 20 އަށް ވުރެ ގިނަ ޕިއުރޭ ވިއްކަ އެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް
info@simdi.com
3334400

އިތުރު އާޓިކަލް

އިތުރު އާޓިކަލް