ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފޮޓޯ/އަޒްމީ)

800،000 ފަތުރުވެރިން އަތުވެއްޖެ، %11 ގެ އިތުރުވުމެއް

މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ އިން، އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،233 ފަތުރުވެރިން އަންނަ ކަމަށް ޓޫރިޒަމްގެ ހިސާބުތައް ދައްކާ

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 800،000 ހުރަސްކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %11.9 އިތުރު އަދަދެކެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 822،723 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 742،912 ފަތުރުވެރިންނެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މެއިި މަހުގެ ފުރަތަމަ 11 ދުވަސް ތެރޭ 50،072 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 47،089 ފަތުރުވެރިންނެވެ. އެގޮތުން ދުވާލަކު އެވްރެޖްކޮށް 6،233 ފަތުރުވެރިން އާދެ އެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 މާކެޓު

  • 1-

    ޗައިނާ

  • 2-

    ރަޝިއާ

  • 3-

    އިނގިރޭސިވިލާތް

  • 4-

    އިޓަލީ

  • 5-

    ޖަރުމަނު

ގުޅުން ހުރި - ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކާ އެކު އެ އަދަދު ދެ މިލިއަނަށް ވުރެ އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ލަފާކުރައްވަ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް