ބީއެމްއެލްއިން މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހު 28ގައި

ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 50ރ.ގެ މަގުން 269 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާނެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު އަދަދު

ބީއެމްއެލްގެ މިދިއަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހު 28ގައި ހޮޓެލް ޖެންގައި ބާއްވަން ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50ރ.ގެ މަގުން، ޖުމްލަ 269 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މިއީ ބީއެމްއެލްއިން ބުނާ ގޮތުގައި އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.

ފައިނަލް ޑިވިޑެންޑް ދޭނީ 15 މެއި 2024ގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންނަށެވެ.

ތަފްސީލު - ބީއެމްއެލްގެ 41 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ މި މަހު 28 ވާ އަންގާރަ ދުވަހުގެ ރޭ 8:30 ގައި، ހޮޓެލް ޖެންގެ ޖަލްސާކުރާ މާލަމުގަ އެވެ. ޖަލްސާގައި ބައިވެރިވެވޭނީ 20 މެއި 2024ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.

އެ ޖަލްސާ ކުރިއަށްދާނީ ޕްރީ ރެޖިސްޓާކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންގެ ހާޒިރުގައި އަދި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓު' މެދުވެރިކޮށް އޮންލައިންކޮށެވެ. އެހެންކަމުން އެ ޖަލްސާގައި ވޯޓުލުން ކުރިއަށްދާނީ ވެސް ފަހިވޯޓު މެދުވެރިކޮށެވެ.

ޖަލްސާއަށް ރަޖިސްޓްރީ ކުރުން

މިއީ ހިއްސާދާރުންނާ ބޭންކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭ ފުރުސަތެއްކަން ފާހަގަކޮށް، ވީހާ ވެސް ގިނަ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރަޖިސްޓްރީ ކުރާނެ ގޮތްތަކަކީ:

  • ޕްރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލާނީ މެއި 9-26 އަށް

  • އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ ރެޖިސްޓްރޭޝަން ފޯމު ބީއެމްއެލްގެ corporateaffairs@bml.com.mv އީމެއިލް އެޑްރެހަށް މެއިލްކޮށްގެން ރެޖިސްޓާ ކުރެވޭނެ

  • ހިއްސާދާރުންގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެގެން ވޯޓުދިނުމަށް އެހެން މީހަކު ފޮނުވާ ނަމަ ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން ޕްރޮކްސީ ފޯމު ހުށަހަޅަން ޖެހޭނެ؛ މި ފޯމު ވެސް ފޮނުވާނީ corporateaffairs@bml.com.mv އީމެއިލް އެޑްރެހަށް

  • ޖަލްސާ އޮންނަ ދުވަހުގެ ރޭ 7 އިން 8:15 އަށް އައިޑީ ކާޑު/ ޕާސްޕޯޓު ނުވަތަ ލައިސެންސް ހިފައިގެން ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމަށް ދިއުމުން ވެސް ޖަލްސާގައި ބައިވެރިވެވޭނެ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް