ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް އޮންލައިންކޮށް ބަލްކުކޮށް ފައިސާ ފޮނުވޭ ހިދުމަތެއް ތައާރަފު ކޮށްފައި (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ވިޔަފާރިތަކަށް މިހާރު ބަލްކް ޕޭމެންޓު ފޮނުވޭނެ

މުސާރަ އާއި އެލަވަންސް އަދި ބޯނަސް އާއި ހިއްސާގެ ފައިދާގެ އިތުރުން ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަންޖެހޭ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭނެ

މުސާރަ އާއި އެލަވަންސް އަދި ބޯނަސް އާއި ހިއްސާގެ ފައިދާގެ އިތުރުން ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަން ޖެހޭ ފައިސާ ފަސޭހަކަމާ އެކު ޓްރާންސްފާ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިން އަށް ބަދަލު ގެނެސް ބަލްކް ޕޭމަންޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

ތަފްސީލް - މި ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެކަމަށް ބޭންކުން ބުންޏެވެ.

އަލަށް ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން، ބޭންކުގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު އަހުމަދު އަސީފް ވިދާޅުވީ މެނުއަލް ޕްރޮސެސްތައް ދޫކޮށްލާ، އެއްފަހަރާ ގިނަ ޓްރާންސްފާ ކުރުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ވިޔަފާރިތަކަށް އޮޓޮމެޓިކްކޮށް ހޯދޭ ހިދުމަތަކަށް ބަދަލުކުރުމާ އެކު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތްތަކުގެ ބަލްކް ޕޭމަންޓް ހެދޭނެ ކަމަށެވެ.

މީގެ އިތުރުން ޑުޕްލިކޭޓް ރެކޯޑްތައް ފާހަގަކޮށް ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބައެއް އަދި ބޭންކިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން. މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އާ ހިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާޓްނަރުންނާ އެކު އަޅުގަނޑުމެން މަސައްކަތްކުރަމުންދާނަން."

ބޭންކުން ބުނީ މި ހިދުމަތަށް ރެޖިސްޓްރީ ކުރުމަށް އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތަކާ އެކު ހުށަހެޅުމުން ހިދުމަތަށް ރެޖިސްޓާ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް