ބީއެމްއެލް އިން ވަނީ ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާ އާއި ހަމައަށް ހައުސިން ލޯނު ލިބޭ ޕްރޮޑަކްޓެއް ތައާރަފުކޮށްފައި

ބީއެމްއެލް

ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ބީއެމްއެލް އިން

ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބޭންކުން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފައި، އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރާނެ

ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއާ އެކު ހޯމް ބިލްޑް ލޯނާއި ފައިނޭންސިން މެދުވެރިކޮށް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާ އަދި ހޯމް އިކުއިޓީ ލޯނާއި ފައިނޭންސިންގެ ގޮތުގައި 50،000ރ. އިން ފެށިގެން މަތީގެ އަދަދު ދޫކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ތަފްސީލް - މިއަދު ތައާރަފުކުރި އާ ލޯނުތަކާ ގުޅޭ ގޮތުން އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފްކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނު ކަމަށެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭ ގޮތަށް ކަމަށް ބޭނުން ބުންޏެވެ.

  • ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެ

  • މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއް ކަމަށް ބޭންކުން ބުނި

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބޭންކުން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފަ އެވެ.

  • މިއީ ކަސްޓަމަރުން ކުރިން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ފައިސާ ލިބޭ ލޯނެއް

  • ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެ

  •  މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މިއީ މުޅި ރާއްޖޭގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ތައާރަފުކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ.

"އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް %10 ރޭޓުގައި ލޯނު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ވެސް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކޮމެންޓް (2)

profile-image-placeholder

ޢަހުމަދު

7 މޭ 2024
ޅިބޭ ގެެ ބަދަލުގަަ ދޫކުރާާ ޖަހާ. ޢަދިި، 1.8 މިލިޔަންް ދައްކަންް ޖެހޭނެެ ކަމަށްވެސްް ޖަހާާ.

ހޯހޯ އަހުމަދު

7 މޭ 2024
އިތުރުމައުލޫމާތު ބޭނުން. އިންޓަރެސްޓް ރޭޓް ޝަރުތު ހަމާ އުމުރު ފުރާ. ލޯނު ނަގަން މެމްބަރުންނަށް ގުޅަން ޖެހޭނެތޯ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް