އެއާޕޯޓް އިމަޖެންސީ އެންޑް ރެޒިލިއަންސް ފޯރަމްގެ ބައިވެރިން (ފޮޓޯ/އެމްއޭސީއެލް)
ވީއައިއޭގެ ސަލާމަތީ ކަންތައް ހަރުދަނާ ކުރުމާ ގުޅޭ ފޯރަމެއް ފަށައިފި
މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމާ ގުޅޭ ފޯރަމެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެއާޕޯޓުގެ އިމަޖެންސީ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކުހޯލްޑަރުންނާއި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ވެރިން ބައިވެރިވާ މި ފޯރަމް ކުރިއަށްދަނީ ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ.
ތަފްސީލް - މި ފޯރަމްއާ ގުޅޭ ގޮތުން އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން މިއަދު ނެރެނު ނޫސްބަޔާނުގައި ބުނީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ފޯރަމުގެ މަގުސަދަކީ އެއާޕޯޓުގެ ސަލާމަތީ ކަންތައް ހަރުދަނާކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބަދިނުމުގައި މިހާރަށް ވުރެ ބޮޑަށް ތައްޔާރުވެ، އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތް ކުރުން ހަރުދަނާ ކުރުން ކަމަށެވެ.
މި ފޯރަމުގައި:
-
ސެކިއުރިޓީ އާއި އިމަޖެންސީ ހާލަތްތަކުގައި އެކި މުވައްސަސާތަކުން އަދާކުރާ ދައުރާ ބެހޭ ގޮތުން މައުލޫމާތު ހުށަހަޅައިދޭނެ
-
ސެކިއުރިޓީ އިމަޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ކުރިޔަށް ގެންދާނެ. މިއީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އިމަޖެންސީ ހާލަތެއްގައި އަމަލުކުރާ ގޮތަށް ކުރިޔަށްދާ އެކްސަސައިޒެއް