އޮބްލޫ ސެލެކްޓް ލޯބިގިލި

ޓޫރިޒަމް

ޓްރިޕްއެޑްވައިޒާގެ މުހިންމު އެވޯޑްތަކެއް ލޯބިގިލި ރިސޯޓަށް

އޭޝިއާ ސަރަހައްދުގެ ޓޮޕް ހޮޓެލް ކެޓަގަރީގެ 4 ވަނާގައި އަދި ވޯލްޑް ޓޮޕްގެ 6 ވަނާގައި ރާއްޖޭގެ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ވަނީ ހިމެނިފައި

އޮންލައިން ޓްރެވަލް ގައިޑެންސް ޕްލެޓްފޯމް، ޓްރިޕްއެޑްވައިޒާ ބޭނުންކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ހޮޓެލްތަކަށް ދޭ އެވޯޑު، ޓްރިޕް އެޑްވައިޒާ ޓްރެވާސް ޗޮއިސް އެވޯޑުގެ މުހިއްމު 4 އެވޯޑެއް އޮބްލޫ ސެލެކްޓް ލޯބިގިލި އަށް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ޓްރިޕްއެޑްވައިޒާ ގައި ލިސްޓުކޮށްފައިވާ ޓޫރިސްޓު ހިދުމަތްދޭ ތަންތަނަށް ފަތުރުވެރިން ދޭ ރޭޓިން އަށް ބަލައި ދޭ  ޓްރެވެލާސް ޗޮއިސް އެވޯޑްސް 2024 ގައި ވޯލްޑް ކެޓަގަރީ އިން ލަގްޒަރީ ހޮޓެލްގެ އެއްވަނަ ލިބިފަ އިވަނީ އޮބްލޫ ސެލެކްޓް ލޯބިގިލި އަށެވެ.

ތަފްސީލް - މީގެ އިތުރުން ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ލަގްޒަރީ ހޮޓެލް އޭޝިއާ ގެޓަގަރީގެ އެއްވަނަ ވެސް ލިބުނީ ލޯބިގިލި އަށެވެ. އެގޮތުން: 

  • އޭޝިއާ ސަރަހައްދުގެ ޓޮޕް ހޮޓެލް ކެޓަގަރީގެ އެއްވަނަ ވެސް އެ ރިސޯޓަށް ލިބިފައިވޭ

  • ލޯބިގިލި ދެން ހިމެނުނީ އެ ކެޓަގަރީގެ ވޯލްޑް ޓޮޕްގެ ދެވަނަައިގައި

އޭޝިއާ ސަރަހައްދުގެ ޓޮޕް ހޮޓެލް ކެޓަގަރީގެ 4 ވަނާގައި އަދި ވޯލްޑް ޓޮޕްގެ 6 ވަނާގައި ރާއްޖޭގެ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ވަނީ ހިމެނިފަ އެވެ.

މީގެ އިތުރުން ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ލަގްޒަރީ ހޮޓެލް ވޯލްޑް ކެޓަގަރީގެ 3 ވަނަ އަދި އޭޝިއާ ސަރަހައްދުގެ2 ވަނާގައި ވެސް އެމަރަލްޑް މޯލްޑިވްސް ވަނީ ހިމެނިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް