ޔޫރޯއަށް ހާއްސަކޮށް ކޮކާކޯލާ އިން ކުރިއަށްގެންދާ ޕްރޮމޯޝަން އަންނަ މަހުގެ 15އާ ހަމައަށް ކުރިއަށްދާނެ

ޔޫރޯ 2024

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

1 މެއިން 15 ޖޫންގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން އިތުރު ބައިވެރިއަކާ އެކު ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ހަ ނަސީބުވެރިއަކަށް ލިބޭނެ

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް، ރާއްޖޭގައި ތިބި ފުޓްބޯޅަ ފޭނުންނަށް ކަމުދާނެ ފަދަ ކަންތައްތަކާ އެކު ކޮކާކޯލާ އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޖަރުމަންގައި 14 ޖޫން އިން 14 ޖުލައިއަށް އޮންނަ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތަކީ، ވޯލްޑް ކަޕަށް ފަހު ދުނިޔޭގައި ބާއްވާ ފުޓްބޯޅައިގެ އެންމެ ވާދަވެރި ހިފުމެވެ.

ޔޫރޯއާ ދިމާކޮށް ކޮކާކޯލާ އިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ދިވެހި ނަސީބުވެރިންނަށް ލިބޭނެ އެވެ.

ފުޓްބޯޅައިގެ މި ފޯރިގަދަ ސީޒަނާ ދިމާކޮށް ކޮކާކޯލާއިން ވަނީ އެ ކުންފުނީގެ މަޝްހޫރު ފުޓުބޯޅަ ތީމްގެ ޕެކޭޖިން ވެސް ތައާރަފްކޮށްފަ އެވެ.

މި ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626'އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

އިތުރު ތަފްސީލް:

  • މި ޕްރޮމޯޝަން ކުރިއަށްގެންދާނީ 1 މެއި އިން 15 ޖޫންގެ ނިޔަލަށް

  • ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ހަ ނަސީބުވެރިންނަށް ލިބޭނެ (އިތުރު ބައިވެރިޔަކާ އެކު)

  • ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ

  • އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ

  • ފުރަތަމަ ލަކީޑްރޯ ނަގާނީ 11 މެއިގައި

  • އޭގެ ފަހުން ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ނަސީބުވެރިން ހޮވުން އައިސް ޓީވީއިން ލައިވްކޮށް ކުރިއަށްދާނެ

ކޮކާކޯލާއިން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ ޔޫރޯއާ ދިމާކޮށް އެ ކުންފުނިން 'ޔުއެފާ ޔޫރޯ 2024' އާ އެކު ގާއިމްކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.

މި ޕާޓްނާޝިޕްގެ ދަށުން ކޮކާ ކޯލާއިން މަސައްކަތް ކުރާނީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް، ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ދުވަސްތަކުގައި ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަށެވެ.

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުން އަންނަ އިރު ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ އެވެ.

ކޮކާކޯލާއަކީ ޔޫރޯގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 އިން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.

ކޮމެންޓް (1)

profile-image-placeholder

ނަދީމު

8 މޭ 2024
ދިވެހިންގަނޑު މިވެސް ގަނެގެން ބޯނެ. އެކަމަކު ސޯޝަލް މީޑިއާގައި ލިޔާނެ ދޭ ފަންޑް އަ ޖެނޮސައިޑްއޭ ކިޔައިގެން

އިތުރު އާޓިކަލް

އިތުރު އާޓިކަލް