ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އެޕްލިކޭޝަން (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ސާފު ފައިދާ

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ހިސާބުތައް ދައްކާގޮތުން ހިންގުމުުގެ ފައިދާގެ ގޮތުގައި އެ މުއްދަތުގައި ބޭންކަށް 708 މިލިއަން ރުފިޔާ ލިބިފައިވޭ، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %5.7 އިތުރު އަދަދެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 493 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ ކަމަށް އެ ބޭންކުގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ބޭންކުން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ހިސާބުތައް ދައްކާގޮތުން ހިންގުމުުގެ ފައިދާގެ ގޮތުގައި އެ މުއްދަތުގައި ބޭންކަށް 708 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު %5.7 އިތުރު އަދަދެކެވެ.

ތަފްސީލް - އެ ހިސާބުތަކަށް ބަލާ އިރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކްގެ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުން ވެސް ކުރިއެރުން ލިބިފައިވެ އެވެ.

އެގޮތުން

  • އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 967 މިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވޭ

  • ޖުމްލަ އާމްދަނީ 1.2 ބިލިއަން ރުފިޔާ އަށް އަރާ

  • ބެންކުގެ އެސެޓާއި ލިކިއުޑިޓީ ރޭޝިއޯ ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވޭ

  •  ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރާ

ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މި އަހަރު ފެށުނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށާއި އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް ބޭންކުގެ ވިޔަފާރީގައި ހަލުވި ދުވެލި ދެމެހެއްޓިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާސަނަލް ލޯނާއި ފައިނޭންސިން އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިން ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާ އިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް