އެމްޓީސީސީގެ އާރުޓީއެލްގެ ފްލީޓުގައި ހިމެނޭ ލޯންޗެއް (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 5 މިލިއަން ރުފިޔާގެ ސާފު ފައިދާ

އެމްޓީސީސީން ބުނަނީ ފައިދާ ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި ބޭރު ފައިސާ ހޯދުމުގެ ހަރަދު ބޮޑުވުމުން ކަމަށް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނީ 5 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ކަަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އެމްޓީސީސީން އާންމުކުރި އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 664 މިލިއަން ރުފިޔާ އެވެ.

ތަފްސީލް - އެ ހިސާބުތަކަށް ބަލާއިރު؛

  • ޖުމްލަ ފައިދާއަކީ 6 މިލިއަން ރުފިޔާ

  • ހިންގުމުގެ ފައިދާއަކީ 41.77 މިލިއަން ރުފިޔާ

އެމްޓީސީސީން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވި ސާފު ފައިދާ ކުރިން ލަފާކުރި މިންވަރަށް ވުރެ ދަށް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް ހާއްސަކޮށް ތެލުގެ އަގަށް އައި ބަދަލާއި، ސަޕްލައި ޗެއިންއަށް ދިމާވި ގޮންޖެހުންތައް އަދި ބޭރު ފައިސާ ހޯދަން ކުރަން ޖެހުނު ހަރަދު ބޮޑުވުމަކީ ލަފާކުރި އަދަދަށް ވުރެ ލިބުނު ފައިދާ ދަށަށް ދާން މެދުވެރިވި ސަބަބުތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް (1)

އަސްދަނޑި

2 މޭ 2024
އާނ، ނުބުނާނެ ހާހުން ބޭނުންނެތް މުވައްޒަފުން ވައްދައި މުސާރަދީ ފައިދާ ކުދަކުރީ އެކޭ! ކެމްޕޭނަށ ްކުރި ކަަރދުން ދެކޮޅު ނުޖެހުނިޔޭ! މާލީ ހިސާބު މޮޑެލާފައި ތޮއޮތީ ކޮންމެވެސް ގޮތަކުން އެއްޗެއް ދައްކާފައި. މިދިޔަ އހަރުގެ ފައިދާ ވެސް ނުދޭން ނިންމީ އުސޫލާއި ޚިލާފަށް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް