އުރީދޫ އިން ވަނީ ޓިކްޓޮކާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އެކުލަވާލާފައި (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫއާ އެކު ޓިކްޓޮކް ރަސްމީކޮށް ރާއްޖެ އަށް

މި ޕާޓްނާޝިޕާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެ ކަމަށާއި އެ ފަދަ މީހުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫ އިން ބުނޭ

ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓިކްޓޮކާ އެކު އުރީދޫ މޯލްޑިވްސް އިން ސްޓްރެޓެޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖެއަށް ރަސްމީކޮށް އެ ޕްލެޓްފޯމުން މަރުހަބާ ކިޔައިފި އެވެ.

ވީ ކިހިނެއް؟ - އެކަން ފާހަގަކުރަން ރޭ އުރީދޫ ހެޑް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ހަފްލާގައި ރާއްޖޭގައި ޓިކްޓޮކް ކޮންޓެންޓް އުފައްދާ ބައެއް ކްރިއޭޓަރުން ވެސް ބައިވެރިވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޚާލިދު އަލް ހަމާދީ އާއި ޓިކްޓޮކްގެ އޭޝިއާ ޕެސިފިކްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރު ވެނެސާ ބްރައުން

މި ޕާޓްނާޝިޕާ އެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެ ކަމަށާއި އެފަދަ މީހުންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ތަފްސީލް - އުރީދޫން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އާ ކަންތައްތަކާއި އީޖާދީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ކަސްޓަމަރުންނަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކޮށް، ސްޓްރީމް ކުރެވޭނެ ކަމަށާއި އެ ޕްލެޓްފޯމުގެ ކޮންޓެންޓު ޝެއާކޮށް ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

ރާއްޖޭގައި ޓިކްޓޮކް ކޮންޓެންޓު އުފައްދާ ބައެއް ކްރިއޭޓަރުން (ފޮޓޯ/އުރީދޫ)
ރާއްޖޭގައި ޓިކްޓޮކް ކޮންޓެންޓު އުފައްދާ ބައެއް ކްރިއޭޓަރުން (ފޮޓޯ/އުރީދޫ)

އުރީދޫން ހަމަޖެއްސި އެހެން ކަންކަން؛

  • ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ލޯންޗުކުރި

  • ރާއްޖޭގައި ކޮންޓެންޓް އުފައްދާ މީހުންނަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބޭނެ

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދިި ސީއީއޯ ހާލިދު އަލް އަމާރީ (ފޮޓޯ/އުރީދޫ)

ބުނީ ކީކޭ؟ - އުރީދޫ މޯލްޑިވްސް އާއި ޓިކްޓޮކްއާ ދެމެދު ވީ ޕާޓްނާޝިޕާ ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް އަމާރީ ވިދާޅުވީ މިއީ އުރީދޫ ކަސްޓަމަރުންނަށް ފޯރުކޮށްދޭ އީޖާދީ ހިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރުކުރެވޭ ބޮޅެއް ކަމަށެވެ.

"ޓިކްޓޮކާ އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކޮށް، އާ ކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވޯކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް