އެމްޕީއެލް ސަރަހައްދުން މުދާ ބޭރުކުރަން (ދައުރު ފައިލް ފޮޓޯ)
މާޗު މަހުގެ އިމްޕޯޓު އިތުރު، ކަސްޓަމްސްގެ އާމްދަނީ ދަށް
މި އަހަރުގެ މާޗު މަހު ރާއްޖެ އަށް އެތެރެކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އެ މުައްދަތާ އަޅާ ބަލާއިރު %4 އިތުރު ކަމަށް ކަސްޓަމްސްގެ ހިސާބުތައް ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އެ އިދާރާ އިން އިއްޔެ އާންމު ކުރި މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގައި 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެ އެވެ.
ތަފްސީލް - ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ އިމްޕޯޓު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވި ނަމަވެސް ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މިދިޔަ މަހު ރާއްޖޭން 124 މިލިއަން ރުފިޔާގެ މުދާ ބޭރު ކުރި އިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %64 ދަށް އަދަދެކެވެ.
ކަސްޓަމްސް އިން ބުނީ މާޗު މަހު އެ އިދާރާ އަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާބަލާއިރު %3 ދަށްވެފައިވާ ކަމަށެވެ. މި އަހަރުގެ މާޗު މަހު ކަސްޓަމްސް މެދުވެރިކޮށް320 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
-
އެ މުއްދަތުގައި ރޯޔަލްޓީގެ ގޮތުގައި19 މިލިއަން ރުފިޔާ ލިބިފައިވޭ
މިދިޔަ މަހު އެންމެ ގިނައިން އެތެރެކޮށްފައިވަނީ؛
-
ތެލާއި ގޭހުގެ ބާވަތްތައް (1 ބިލިއަން ރުފިޔާ)
-
ކާބޯތަކެތީގެ ބާވަތްތައް (985 މިލިއަން ރުފިޔާ)
-
މެޝިނަރީ އަދި މެކޭނިކަލް އެޕްލަޔަންސް؛ އިލެކްޓްރިކަލް (728 މިލިއަން ރުފިޔާ)
އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް
-
އޮމާން - 777 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %18)
-
އިންޑިއާ - 763 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %17)
-
ޔޫއޭއީ - 671 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %15)
-
ޗައިނާ - 440 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %10)
-
ސިންގަޕޫރު - 401 މިލިއަން ރުފިޔާގެ މުދާ (ޖުމްލަ އިމްޕޯޓުގެ %9)
މިދިޔަ މަހު ރާއްޖޭން ބޭރުކުރި މުދަލުގެ ބޮޑު ބަޔަކީ:
-
ގަނޑުކުރި ކަޅުބިލަމަހުގެ ބާވަތްތައް
-
ކަޅުބިލަ މަސް ބަންދުކޮށްގެން
-
ގަނޑުކުރި ކަންނެލި
-
ތާޒާ ކަންނެލި އަދި ފިނިކުރި ކަންނެލި
މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ފަސް ގަައުމު:
-
ތައިލެންޑް
-
އިނގިރޭސިވިލާތް
-
ޖަރުމަނު
-
އިންޑިއާ
-
ފްރާންސް