އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ހުޅުމާލެ ޝޯރޫމް. (ފޮޓޯ/އެސްޓީއޯ)

އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ހުޅުމާލެ: އިމާރާތް ކުރުމުގެ 'ފޭވަރިޓް' އުފެއްދުންތައް 1 ތަނަކުން

ކޮންސްޓްރަކްޝަން ސާމާނުގެ އިތުރަށް އެސްަޓީއޯއިން ވިއްކާ އިތުބާރު ހިފޭ މަކިޓާ ޓޫލްސް އާއި ނިޕޯން ޕެއިންޓް އަދި ރެޑީމިކްސްގެ އިތުރުން ކޯނޭ ބްރޭންޑްގެ ލިފްޓު ވެސް މި ފިހާރައިން ގަންނަން ލިބޭނެ
24 އޭޕްރީލު 2024

"މިރޭ ހުޅުވިގެން މި ދާ ޝޯރޫމުން ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ތަކެތި [ކޮންސްޓްރަކްޝަން ސާމާނު] ލިބޭނެ،" އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި އެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު އެ ފިހާރަ ހުޅުވައިދެއްވީ އެމްޑީ ޝިމާދު އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ހުޅުމާލެ ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތު. (ފޮޓޯ/އެސްޓީއޯ)
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ހުޅުމާލެ ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވާހަކަދައްކަވަނީ. (ފޮޓޯ/އެސްޓީއޯ)

ކުރިން އެސްޓީއޯ ހުޅުމާލެ ފިހާރަ ހުރި ތަނުގައި އަލަށް ހުޅުވި މި ތަނަކީ މާ ބޮޑު ޝޯރޫމެއް ނޫނެވެ. އެހެން ނަމަވެސް، މި ތަނުން ލިބޭ ހިދުމަތްތައް މާލޭގައި ހުންނަ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމަށް ވުރެ ވެސް ގިނަ އެވެ.

ފިހާރައިގެ ކަނާތްފަރާތުގައި އެސްޓީއޯއިން ވިއްކާ އިިތުބާރު ހިފޭ މަކިޓާ ބްރޭންޑްގެ އެކި އުފެއްދުންތަކެވެ. އެކި ކަހަލަ ބުރުމާތަކާއި ސޭންޑަރުތަކާއި ސާކިއުލާ ސޯތަކެވެ. އަދި އެއަށް ބޭނުންވާ ކުދިކުދި ބައިތަކެވެ. އެސްޓީއޯއިން ބުނާ ގޮތުގައި، މިތަނުން މަކިޓާ އުފެއްދުންތަކުގެ ފުލް ރޭންޖް ގަންނަން ލިބޭނެ އެވެ.

  • އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ މަކިޓާގެ އުފެއްދުންތައް. (ފޮޓޯ/އެސްޓީއޯ)
  • އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ މަކިޓާގެ އުފެއްދުންތައް. (ފޮޓޯ/އެސްޓީއޯ)
  • އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ މަކިޓާގެ އުފެއްދުންތައް. (ފޮޓޯ/އެސްޓީއޯ)
  • އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ މަކިޓާގެ އުފެއްދުންތައް. (ފޮޓޯ/އެސްޓީއޯ)

ވައަތް ފަރާތް ހާއްސަކޮށްފައިވަނީ ނިޕޯން ޕެއިންޓްގެ އުފެއްދުންތަކަށެވެ. އެކި ސައިޒުގެ ކުލަ ދަޅުތައް އަތުރާފައި ހުރިއިރު، އެ ކުލަތައް ލުމުން ހުންނާނެ ގޮތް ދައްކުވައިދިނުމުގެ ގޮތުން ކަލާ ފޭންއެއް ވެސް ބަހައްޓާފައި ހުއްޓެވެ. ކަސްޓަމަރުންނަށް ކަމުދާ ކުލައެއް، އެ ޝޯރޫމުން ވަގުތުން ތައްޔާރުކޮށްދެ އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ ނިޕޯން ޕެއިންޓް. (ފޮޓޯ/އެސްޓީއޯ)
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ވިއްކާ ނިޕޯން ޕެއިންޓް. (ފޮޓޯ/އެސްޓީއޯ)

މާލޭގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ނުލިބޭ އެހެނިހެން ބްރޭންޑްތަކުގެ އުފެއްދުންތައް އޯޑަރު ކޮށްލުމުގެ ފުރުސަތު ވެސް މި ފިހާރައިން ފަހިކޮށްދެ އެވެ.

މާލެ ނައިސް ސީދާ މިތަނުން އޯޑަރުކޮށްލެވޭ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ:

  • ރެޑީމިކްސް ކޮންކްރީޓް

  • ކޯނޭ ބްރޭންޑުގެ ލިފްޓު

  • ކޮންސްޓްރަކްޝަން ސާމާނު (ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، ޖީއައި ޕައިޕް، ސިމެންތި ފިލާ އަދި ރޫފިން ޝީޓު)

ކޮންސްޓްރަކްޝަން ސާމާނަށް ހާއްސަ ޝޯރޫމަކަށް ވިޔަސް، މިތަން ރިނޮވޭޓު ކޮށްފައިވަނީ ޒަމާނީ ފެންވަރަށް އަދި ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ހޯދޭ ގޮތްތަކަށް ވިސްނައިގެންނެވެ.

ލިފްޓުތަކާއި ކޮންސްޓްރަކްޝަން ސާމާނު ކަސްޓަމަރުންނަށް ފެންނަ ގޮތަށް މިތަނުގައި ބަހައްޓާފައި ނުހުރެ އެވެ. އޭގެ ބަދަލުގައި ކަސްޓަމަރުން އައިސް އިށީނދެ ތިބެ، މި ތަނުން ވިއްކާ މުދަލާ ބެހޭ މައުލޫމާތު ބަލާލައި މުދާ އޯޑަރު ކޮށްލެވޭނެ އެވެ. ޝޯރޫމްގައި ހިދުމަތް ދިނުމަށް ޖުމްލަ 22 މުވައްޒަފުންގެ ޓީމެއް އަބަދުވެސް މަސައްކަތް ކުރަމުންދާނެ އެވެ.

"މިރޭ މި ހުޅުވާ ޝޯރޫމުން ޒަމާނީ ފެންވަރުގެ ހިދުމަތެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ޝިމާދު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް