މީގެ ކުރިން ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭއްވި ހިތާނީ ކޭމްޕެއް. (ފޮޓޯ/ޓްރީ ޓޮޕް ހޮސްޕިޓަލް)

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 'ހިތާނީ ކޭމްޕް 2024'ގައި ބައިވެރިވާން ހުޅުވާލައިފި

މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު 15 މެއިގެ ނިޔަލަށް ވަނީ ހުޅުވާލާފައި
16 އޭޕްރީލު 2024

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 15 މެއި 2024ގެ ނިޔަލަށެވެ.

ބުނީ ކީކޭ؟ - ހިތާނީ ކޭމްޕާ ބެހޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ ކުރީގެ ކޭމްޕުތަކަށް ލިބުނު ފަދަ ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި ކޭމްޕް ކުރިއަށްގެންދާއިރު ކުދިންނަށާއި މައިންބަފައިންނަށް ހިތްހަމަޖެހޭ މާހައުލެއް އޮތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް. މިގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މި ހިތާނީ ކޭމްޕަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއް ވެސް މިވަނީ އެކުލަވާލާފައި،" އާދިލް ވިދާޅުވި އެވެ.

ޓްރީ ޓޮޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕް 2024.

ތަފްސީލު - މި ކޭމްޕުގައި ހަރަކާތްތެރިވާ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ:

  • ޑރ. ހުސެއިން ހަދިޔެވް

  • ޑރ. އުކްތަމް އަބްދުއްލާޔެވެ

  • ޑރ. މައުމޫން އާސިމް

  • ޑރ. އިބްރާހިމް މުއުމިން

  • ޑރ. މުހައްމަދު ޝަރީފް

  • ޑރ. އަބްދުﷲ އުބައިދު

އޭގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ ވެސް އެ ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.

ޓްރީ ޓޮޕްގެ ހިތާނީ ޕެކޭޖު

  • އަގު: 5،000ރ.

  • ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ވަކި އަގުތަކެއް ލިބޭނެ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށާއި މި ކޭމްޕާ ބެހޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން ބަލައިލެވޭނެ އެވެ.

އެނގުން މުހިންމު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކެމްޕް މި ބާއްވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށެވެ. އެ ޗުއްޓީ އޮންނާނީ އަންނަ މަހު 2 އިން ފެށިގެން އެ މަހުގެ 26ގެ ނިޔަލަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް