ޓްރީ ޓޮޕް ހޮސްޕިޓަލް.

ފުރަތަމަ ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީއާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޮޑު ކާމިޔާބީއެއް

މިއީ ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީގެ މަސައްކަތް ދަށްވުން އަދި އެއާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ހުންނަ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭ ޕްރޮސީޖާއެއް
16 އޭޕްރީލު 2024

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފުރަތަމަ ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ ޕްރޮސީޖާ ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

މިއީ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން ޓްރީ ޓޮޕް ހޮސްޕިޓަލަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޕްރޮސީޖާ ކުރިއަށް ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވާލް އަދި ހުނަރުވެރި ކާޑިއޮލޮޖީ ޓީމުންނެވެ.

ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ އަކީ ކޮބާ؟

ރީނަލް އާޓަރީ އެންޖިއޯޕްލާސްޓީ އަކީ ހިމަ ނުވަތަ ބްލޮކްވެފައިވާ ކިޑްނީއަށް ލޭ ފޯރުކޮށްދޭ ނާރުތައް ހުޅުވައިދޭ، މިނިމަލީ އިންވޭސިވް ޕްރޮސީޖާއެކެވެ.

ބޮޑެތި އޯޕަން ސާޖަރީތަކާއި ހިލާފަށް، މިފަދަ ޕްރޮސީޖާތައް ކުރިއަށްގެންދަނީ ވަރަށް ކުޑަ ކުޑަ އިންސިޝަންއެއް ހަދައިގެންނެވެ. މީގެ ސަބަބުން ބަލިމީހާ ރިކަވާވެ އާންމު ދިރިއުޅުމަށް ރުޖޫއުވުމަށް ހޭދަވާ ވަގުތު ވަރަށް ކުޑަކުރެވެ އެވެ.

މިއީ ލޭގެ ޕްރެޝަރު މަތިވުމާއި ކިޑްނީގެ މަސައްކަތް ދަށްވުން އަދި އެއާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ހުންނަ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭ ޕްރޮސީޖާއެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފުރަތަަމަ ރީނަލް އާޓަރީ އެންޖިއޮޕްލާސްޓީ ވަނީ ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފައި.

ޑރ. އަމިތު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ ކާޑިއޮލޮޖީ ޑިޕާޓްމަންޓް

ޑރ. އަމިތްު އަގަރްވާލް އަކީ ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ، ހިތުގެ ގިނަ ބަލިތައް ދެނެގަތުމުގައި ތަޖުރިބާކާރު އަދި ހުނަރުވެރި ޑޮކްޓަރެކެވެ. އޭނާ ވަނީ ނޭޕާލްގުންޖް މެޑިކަލް ކޮލެޖުން އެމްބީބީއެސް އަދި ނޭޕާލްގެ އިންސްޓިޓިއުޓް އޮފް މެޑިސިން ކަތުމަންޑޫއިން އިންޓާނަލް މެޑިސިންގެ ދާއިރާއިން އެމްޑީ ހާސިލްކުރައްވާފަ އެވެ. އަދި ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ކާޑިއޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެ، އިންޑިއާގެ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ދާއިރާއިން ވެސް ތަމްރީނު ހޯއްދެވި އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް އަދި ހުނަރުވެރި ކާޑިއޮލޮޖިސްޓުންގެ ޓީމެއް ހިމެނޭ މި ޑިޕާޓްމަންޓަކީ ހިތުގެ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ޑިޕާޓްމަންޓެއް.

ޑރ. އަމިތު ވަނީ މީގެ ކުރިން ނޭޕާލްގެ ނޭޝަނަލް މެޑިކަލް ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމު ފުރުއްވައި، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް އަދި ހުނަރުވެރި ކާޑިއޮލޮޖިސްޓުންގެ ޓީމެއް ހިމެނޭ މި ޑިޕާޓްމަންޓަކީ ހިތުގެ ބަލިތައް ދެނެގަނެ، ފަރުވާ ދިނުމަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ޑިޕާޓްމަންޓެކެވެ. ޕްރިވެންޓިވް ސްކްރީނިންއާއި މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކުން ފެށިގެން ހިތުގެ ކޮމްޕްލެކްސް ބަލިތައް މެނޭޖްކުރުމުގެ ފަރުވާ މި ޑިޕާޓްމަންޓުން ލިބޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް. (ފޮޓޯ/ޓްރީ ޓޮޕް)

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އަދި އެ ހޮސްޕިޓްލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އާ ހިދުމަތްތައް މިހާރު ވެސް ތައާރަފް ކުރަމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު:

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް