މ. އަތޮޅާއި މާލެ އާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުން ބަދަލު ކުރުން
އެމްޓީސީސީ އިން މ. އަތޮޅާއި މާލެ އާ ދެމެދު ހައި ސްޕީޑު ފެރީ ފަށަނީ
މ. އަތޮޅާއި މާލެ އާ ދެމެދު ހައި ސްޕީޑުގެ ހިދުމަތް ފެށުމަށް އެމްޓީސީސީ އާއި ޓްރާންސްޕޯޓު މިނިސްޓްރީ އާ ދެމެެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު މީރުމާ އިވެންޓު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
އެމްޓީސީސީގެ ފަރާތުން ސީއީއޯ އަބްދުﷲ ޒިޔާދު
-
ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމް
ތަފްސީލް - އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ މ. އަތޮޅާއި މާލެ އާ ދެމެދު ފެށި ހައި ސްޕީޑު ފެރީގެ ހިދުމަތް ފެށުމުން، އެ އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ ޔަގީންކަން އޮންނާނެ ކަމަށެވެ. އެގޮތުން:
-
މި ދަތުރުތައް ހަފްތާ އަކު 2 ދަތުުރު އޮންނާނެ
-
ދަތުރުގެ އަގަކީ 450ރ
ޒިޔާދު ވިދާޅުވީ މި ދަތުރުތައް އެމްޓީސީސީ އިން ފެށީ އަމިއްލަ ފަރާތްތަކާ ވާދަ ކުރަން ނޫން ކަމަށެވެ. އަދި މ. މުލީ އެއާޕޯޓު ހުޅުވުމާއެކު މި ދަތުރުތަކުގެ ޝެޑިއުލަށް ބަދަލު އަންނާނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެމްޓީސީ އިން މިހާރު ވެސް މ. އަތޮޅުގައި އަތޮޅު ފެރީގެ ހިދުމަތް ދެމުންދާ ކަމަށާއި އެ އަތޮޅުގެ ރަށްތަކުން ސްޕީޑު ލޯންޗުގައި ފަސޭހަ ކަމާއެކި މާލެ ދަތުުރު ކުރުމަކީ ރައްޔިތުންގެ އެދުމެއް ކަމަށެވެ.
"މ. އަތޮޅުގެ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމާއެކު ރައީސް ނިންމެވީ މިވަގުތު އަޅުގަނޑުމެންނަށް ދެވެން ހުރި ފެސިލިޓީސްތަކުގެ ތެރެއިން ސަރުކާރުން އެންމެ ރަނގަޅަކަށް މި ކަން ގާއިމް ކުރުމަށް. އެގޮތުން އަޅުގަނޑުމެންގެ ސަރުކާރުން އެމްޓީސީސީ އަށް މި ދަތުރުތަކަށް ދޭންޖެހޭ ސަބްސިޑީ ދިނުމަށް ފަހު އެގްރިމެންޓެއްގައި ސޮއިކުރެވިގެން މި ދިޔައީ." އަމީން ވިދާޅުވި އެވެ.