ސްމާޓް ޑިޒައިންގެ ޕްރޮޖެކްޓެއް. (ފޮޓޯ/ސްމާޓް ޑިޒައިން)

ސްމާޓް ޑިޒައިނުން އިމާރާތްތަކަށް އެންމެ ޒަމާނީ ރީތި ހައްލުތައް

ސްމާޓް ޑިޒައިންއަކީ ކަސްޓަމަރުން ބޭނުންވާ ކޮންމެ ޑިޒައިނަކަށް ވެސް އޮފީސް ނުވަތަ ގެއަށް ބޭނުންވާ ފަރުނީޗަރު ފަރުމާކޮށްދިނުމުގެ އިތުރަށް ސިވިލް އިންޖިނިއަރިން އާއި ކޮންސްޓްރަކްޝަން މަސައްކަތް ވެސް ކުރާ ކުންފުންޏެއް
17 އޭޕްރީލު 2024

ސްމާޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑަކީ 2007އިން ފެށިގެން އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ޑިޒަައިން އެންޑް އިންޓީރިއާ ކޮންސްޓްރަކްޝަން ކުންފުންޏެވެ.

ސްމާޓް ޑިޒައިން ޕްރައިވެޓް ލިމިޓެޑް

މިއީ  2007އިން ފެށިގެން އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ޑިޒަައިން އެންޑް އިންޓީރިއާ ކޮންސްޓްރަކްޝަން އެއް ކުންފުނި.

ތަފާތު އެކި ޑިޒައިންތަކާއި ބޭނުންވާ ހުރިހާ ސޮލިއުޝަންތައް

ސްމާޓް ޑިޒައިނުން އެންމެ ޒަމާނީ އާލާތްތަކާއި ވަސީލަތްތަކާ އެކު ތިލަފުށީގައި ހިންގާ ވަޑާންގެއިން ކަސްޓަމް ކޮންސެޕްޓް ޑިޒައިންތަކާއި މާކެޓަށް ބޭނުންވާ ސޮލިއުޝަންތައް ފޯރުކޮށްދެ އެވެ. މިކަމުގައި އަމަލީ ގޮތުން އުޅެނީ ސްމާޓް ޑިޒައިންގެ އިންހައުސް ޑިޒައިނަރުންނާއި ކްރާފްޓްސްމަނުންނެވެ.

ރެސިޑެންޝަލް އަދި ކޮމާޝަލް މަސައްކަތްތައް ހިމެނޭ ބޮޑު ޕޯޓްފޯލިއޯއަކާ އެކު މި ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ތަޖުރިބާ ވީހާވެސް ބޮޑަށް ފުރިހަމަ ކޮށްދިނުމަށެވެ. އީޖާދީ ޑިޒައިން ޓްރެންޑުތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާ ވެސް އެކީގަ އެވެ.

ސްމާޓް ޑިޒައިންއިން ލީޑު ކުރަނީ އޮފީސް އަދި ކޮމާޝަލް ސްޕޭސް ޑިޒައިންގެ މާކެޓު އެކަންޏެއް ނޫނެވެ. ކަސްޓަމް ފަރުނީޗަރު އުފައްދައި، އެކަން ބަލްކް ފެންވަރަށް ބޮޑުކޮށް، ސިވިލް އިންޖިނިއަރިން އާއި ކޮންސްޓްރަކްޝަން މަޝްރޫއުތަކަށް ވިޔަފާރި ފުޅާކުރުމަކީ މިކަމުގައި ވަށައިޖެހޭ ހައްލެއް ހޯދައިިދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.

ސްމާޓް ޑިޒައިންއިން ކުރާ މަސައްކަތްތައް

  • އިނޮވޭޓިވް ސްޕޭސް ޑިޒައިން

  • ޕްރޮޖެކްޓް މެނޭޖްމަންޓް

  • ސިވިލް އިންޖިނިއަރިން އާއި އިމާރާތްކުރުން

  • ބަލްކް ފަރުނީޗަރު އުފެއްދުން

  • ކޮންސްޓްރަކްޝަން މެޓީރިއަލްސް ސަޕްލައި ކުރުން

  • ޑިޒައިން އަދި ބިލްޑް މަޝްރޫއުތައް

  • ޓާންކީ މަޝްރޫއުތައް

ބޭނުން ކޮންމެ ޑިޒައިނެއްގެ ފަރުނީޗަރު

ސްމާޓް ޑިޒައިންގެ ހުނަރުވެރި ޓީމުން ކަސްޓަމަރުން ބޭނުންވާ ކޮންމެ ޑިޒައިނަކަށް ވެސް އޮފީސް ނުވަތަ ގެއަށް ބޭނުންވާ ފަރުނީޗަރު ފަރުމާކޮށްދެ އެވެ. ކަސްޓަމަރުންގެ ހިޔާލީ ޑިޒައިންތަކަށް ދިރުން ގެނެސްދިނުމުގައި ސްމާޓް ޑިޒައިނުން ބޭނުންކުރަނީ އެންމެ ފެންވަރު ރަނގަޅު މެޓީރިއަލްސް އެވެ.

ސްމާޓް ޑިޒައިންގެ ކަސްޓަމް ފަރުނީޗަރު. (ފޮޓޯ/ސްމާޓް ޑިޒައިން)

މަސައްކަތުގައި ވެސް ގިނަ ހިދުމަތްތަކެއް

ސްމާޓް ޑިޒައިންއިން ހިންގާ މަޝްރޫއުތަކާއި ކުރާ މަސައްކަތްތަކުގައި އެ ކުންފުނީގެ ތަޖުރިބާގެ ދަށުން ފެންވަރު ރަނގަޅު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ހިދުމަތްތަކަކީ:

  • އިވެލުއޭޓު ކުރުން - ސްމާޓް ޑިޒައިންގެ މަސައްކަތްތައް ފަށަނީ އެ ތަނަކަށް ދިއުމަށްފަހު އެ ތަނެއްގެ ހާލަތު ރަނގަޅަށް ދިރާސާ ކުރުމަށްފަހު

  • ޑިޒައިން ކޮންސެޕްޓް ޑިވެލޮޕްމަންޓް - ކަސްޓަމަރުންގެ ބޭނުންތަކާއި ޕްރޮޖެކްޓް ރިކުއަމަންޓްސްއާ އެއް ގޮތަށް ޑިޒައިން ތައްޔާރުކޮށް ހުށަހަޅާނެ

  • 3ޑީ މޮޑެލް ދައްކާލުން - ކަސްޓަމަރުން ހިޔާރުކުރާ ޑިޒައިން ނިމުމުން ހުންނާނެ ގޮތުގެ 3ޑީ ރެންޑާއެއް ދައްކަައިދޭނެ

  • މަޝްރޫއަށް ހިނގާނެ ހަރަދު - މީގެ ތެރޭގައި މަޝްރޫއަށް ބޭނުންވާ ތަކެއްޗާއި ފެބްރިކޭޝަން އަދި އިންސްޓޮލޭޝަނަށް ހިނގާ ހަރަދު ވެސް ހިމެނޭ

  • ބޭނުންވާ ސާމާނު ހޯދުން - ކަސްޓަމަރުންގެ ބަޖެޓާއި ޑިޒައިނަށް ފެތޭ ގޮތަށް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ސާމާނު ހޯދާނެ

  • ފީސިބިލިޓީ ސްޓަޑީ

  • ޕްރޮޖެކްޓް ޝެޑިއުލް

  • ސިވިލް ކޮންސްޓްރަކްޝަން

  • އެމްއީޕީ (މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމިން) ސިސްޓަމް އިންސްޓޯލް ކުރުން

ނިމިފައިވާ މަޝްރޫއުތައް

ސީބީއެމް ހުޅުމާލެ ޝޯރޫމް އާއި އޭޓީއެމް ކިއުބިކަލް

އުރީދޫ ޝޯރޫމް

ހައިޓެކް މެރިން ޝޯރޫމް

ހިނގަމުންދާ މަޝްރޫއުތައް

ސިމްޑީ ޓެކް ޝޯރޫމް

ސައިޓް އިވެލުއޭޓު ކުރުމުން ފެށިގެން ޑިޒައިން ކޮންސެޕްޓާއި 3ޑީ މޮޑެލް ހެދުން އަދި އިންސްޓޮލޭޝަންގެ މަސައްކަތްތައް ވެސް މި މަޝްރޫއުގައި ހިމެނޭ

އައިއެމްޑީސީ ހޮސްޕިޓަލް

މި މަޝްރޫއުގެ ޑިޒައިނުން ފެށިގެން ކޮންސްޓްރަކްޝަންގެ މަސައްކަތް ވެސް ކުރަނީ ސްމާޓް ޑިޒައިނުން

އަމާނާ ތަކާފުލް

އަމާނާ ތަކާފުލްގެ ފްރަންތް ފަސާޑް ޑިޒައިން ކުރުމުގެ މަސައްކަތުގައި ޓީވީ ވޯލްތަކާއި ޕާޓިޝަން ހަރުކުރުމުގެ މަސައްކަތް ހިމެނޭ

ސްމާޓް ޑިޒައިންގެ ހިދުމަތްތަކާއި އިތުރު މައުލޫމާތު:

  • ފޯން ނަންބަރު: 3334499

  • އީމެއިލް: [email protected]

  • އެޑްރެސް: ހ. ކާސިއާ އާގެ، ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ، ކާސިންޖީ މަގު، މާލެ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް