ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

3 މަހުން 600،000 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ މާޗު މަހު 194،227 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

މި އަހަރުގެ ފުރަތަމަ ތިން މަހު ތެރޭ 600،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މާޗު މަހުގެ ނިޔަލަށް 604،004 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ މިދިޔަ 2023 ވަނަ އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަށް ވުރެ %15.3 އިތުރު އަދަދެކެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިއްޔެ ވިދާޅުވީ މިއީ ކާމިޔާބީއެއް ކަމަށާއި މި ކާމިޔާބީއަށް ވާސިލްވުމަށް މަސައްކަތް ކުރި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ މާޗު މަހު 194،227 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %11.9 އިތުރު އަދަދެކެވެ.

  • އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،265 ފަތުރުވެރިން ރާއްޖެ އާދޭ

އެންމެ ގިނަ ފަތުރުވެރިން އައި 5 މާކެޓު

  • ޗައިނާ

  • ރަޝިއާ

  • އިނގިރޭސިވިލާތް

  • އިޓަލީ

  • ޖަރުމަނު

ގުޅުން ހުރި - ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކާ އެކު އެ އަދަދު ދެ މިލިއަނަށް ވުރެ އިތުރުވާނެ ކަމަށް ފައިސަލް ލަފާކުރައްވަ އެވެ.  

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް