މާފަރު އެއާޕޯޓު (ފޮޓޯ/މޯލްޑިވިއަން)

މާފަރު އެއާޕޯޓް

މާފަރުގައި 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލެއް އެޅުމަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލައިފި

- މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި އޮންނަ އެންމެ ބާރު ބޮޑު އެއް އެއާޕޯޓް

ނ. މާފަރުގައި 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލެއް އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން (އައިއޭއެސް) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާފަރުގައި އެއާޕޯޓް ހޮޓަލެއް އަޅައި ހިންގުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ.

ތަފްސީލް - އައިިއޭއެސް އިން ބުނީ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް އޮންނާނެ ކަމަށެވެ. އެއާޕޯޓް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހި ނިމި، ރާއްޖޭން ބޭރުން ސީދާ އެ އެއާޕޯޓަށް އަންނަ ފްލައިޓުތަކުގެ އަދަދު އިތުރުވާން ފެށުމާ އެކު މިއީ ޓޫރިޒަމްގެ ހަބަކަށް ވާނެކަން އައިއޭއެސްގެ އިއުލާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މާފަރުގައި ސިޓީ ހޮޓާ އަޅަން ނިންމާފައިވާ ސަރަހައްދު ފެންނަ ފޮޓޯ އެއް (ފޮޓޯ/އައިއޭއެސް)

އައިއޭއެސް އިން ބުނީ، މި ޕްރޮޖެކްޓަށް އެކި ކަހަލަ ހިޔާލުތަކަށް މަރުހަބާ ކިޔާ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފަރާތަށް ވެސް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާ އެކު މައުލޫމާތު ސެޝަނެއް ބާއްވާނެ ކަމަށް އައިއޭއެސް އިން ބުންޏެވެ.

ފާހަގަ ކުރެވޭ - މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި އޮންނަ އެންމެ ބާރު ބޮޑު އެއް އެއާޕޯޓެވެ. ރާއްޖޭން ބޭރުން ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް އެ އެއާޕޯޓަށް ޖައްސަ އެވެ.

އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓް ތަރައްގީ ކުުރުމުގެ ދެވަނަ މަޝްރޫއެއް ކުރިއަށް އެބަދެ އެވެ.

އެ މަޝްރޫއުގެ ދަށުން؛

  • ރަންވޭ 650 މީޓަރަށް ދިގުކޮށް، ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކައި ތޮށިލުން؛ އޭރުން ބޮއިން 777ގެ ބޯޓްތައް ޖެއްސޭނެ

  • ޓެކްސީވޭ ފުޅާކުރުން

  • އޭޖީއެލް އަޕްގްރޭޑް ކުރުން

  • ޕަވަ ސިސްޓަމް އަޕްގްރޭޑް ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް