އެމްޔޫ އެކްސްޕްރެސް ފިހާރަ

އެމްޔޫ ސްޓޯރު

ރޯދަމަހަށް ހާއްސަކޮށް އެމްޔޫ އެކްސްޕްރެސްގެ 'ބަންޑަލް އޮފާ' އެއް

ރޯދަމަހު އެމްޔޫ އެކްސްޕްރެސް އިން ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ހާއްސަ ގިފްޓްހެމްޕާ އެއްވެސް ދޭ

ރޯދަ މަހު، ހާއްސަކޮށް ހުކުރު ދުވަހު ސުފުރާމަތިން ފެންނަ އެއް ބާވަތަކީ ކުކުޅެވެ. ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްފައި ހުންނަ ކުކުޅު ޑިޝްތައް ހުކުރު ދުވަހުގެ ރޯދަވީއްލާ ވަގުތު ސުފުރާ މަތިން ފެނެ އެވެ. 

މި ރޯދަ މަހު ސުފުރާމަތި ފަޅުފިލުވައިދޭނެ މީރު ޑިޝްއެއް ތައްޔާރުކުރެވޭނެ ބާވަތްތަކާ އެކު އެމްޔޫ އެކްސްޕްރެސް އިން ވަނީ ހާއްސަ ދެ 'ބަންޑަލް'  ތައާރަފުކޮށްފަ އެވެ.

އެމްޔޫ އެކްސްޕްރެސް އިން ވަނީ ރޯދަ އަށް ހާއްސަ ދެ ބަންޑަލް އޮފާ ތައާރަފުކޮށްފައި

އެމްޔޫ އެކްސްޕްރެސްގެ މި ބަންޑަލް ޕެކްތަކުގައި 1 ކިލޯގެ ގަނޑުކުރި ކުކުޅަކާ އެކު ދެން ހިމެނެނީ ޑޯސްޓޯރީގެ ޗަޕާތީ ޕެކެޓެއް އަދި ސުހާނާ ބްރޭންޑުގެ ޗިކަން ޓިއްކާ މަސާލާ ޕެކެޓެއް ނޫނީ އެ ބްރޭންޑުގެ ޗިކަން ތަންދޫރީ ޕެކެޓެކެވެ.

މި ދެ ޕެކްގެ އަގަކީ، ޕެކެއް 90 ރުފިޔާ އެވެ. މިއީ ވަކިވަކިން މި ބާވަތްތައް ގަންނަން ލިބޭ އަގާ އަޅާބަލާއިރު ބޮޑުތަނުން ހެޔޮ އަގެކެވެ.

 ކުކުޅުގެ އިތުރުން، ޑޯސްޓޯރީ އަދި ސުހާނާ ބްރޭންޑްގެ އުފެއްދުންތަކަކީ ގިނަބަޔަކު އިތުބާރުކުރާ މޮޅު، މީރު އުފެއްދުންތަކެކެވެ.

އެމްޔޫ އެކްސްޕްރެސްގެ ހާއްސަ ބަންޑަލް ޕެކުގައި ގަނޑުކުރި ކުކުޅާއި ޗަޕާތީ ޕެކެއްގެ އިތުރުން ކުކުޅު ތައްޔާރު ކުރާނެ ހަވާދު ޕެކެޓެއް ހިމެނޭ
އެމްޔޫ އެކްސްޕްރެސްގެ ހާއްސަ ބަންޑަލް ޕެކުގައި ގަނޑުކުރި ކުކުޅާއި ޗަޕާތީ ޕެކެއްގެ އިތުރުން ކުކުޅު ތައްޔާރު ކުރާނެ ހަވާދު ޕެކެޓެއް ހިމެނޭ

މި ބަންޑަލް އޮފާ ރޯދަމަސް ނިމެންދެން އެމްޔޫ އެކްސްޕްރެސް އިން ލިބޭނެ އެވެ.

އެމްޔޫ އެކްސްޕްރެސް ހުންނާނީ ހުޅުމާލޭ އަމީން އެވެނިއު ޓީކް އިމާރާތުގަ އެވެ.

ރޯދަ މަހު އެމްޔޫ އެކްސްޕްރެސް އިން ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ހާއްސަ ގިފްޓްހެމްޕާ އެއްވެސް ލިބޭނެ

މި ބަންޑަލް ޕެކްގެ އިތުރުން ރޯދަމަހު އެމްޔޫ އެކްސްޕްރެސް އިން ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ހާއްސަ ގިފްޓްހެމްޕާ އެއްވެސް ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް