އެސްޑީއެފްސީގެ ހަފްލާއެއްގައި ޒީނާދު ވާހަކަ ދައްކަވަނީ (ފޮޓޯ/ފޭސްބުކް)

އެޗްޑީއެފްސީ

ޒީނާދު އެޗްޑީއެފްސީގެ އެމްޑީއަކަށް ހަމަޖައްސައިފި

މީގެ ކުރިން ވެސް ޒީނާދު ވަނީ އެސްޑީއެފްސީގެ އެމްޑީކަން 5 އަހަރު ވަންދެން އަދާކުރައްވާފައި

ހައުސިން ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މީގެ ކުރިން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ޒީނާދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު އައްޔަނު ކުރުމުން އެ ކުންފުނިން ވަނީ އޭނާއަށް މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

ތަފްސީލު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް އުފެއްދި އެސްޑީއެފްސީ އުފެއްދީއްސުރެ އާ ސަރުކާރުން އެ ކުންފުންޏަށް އެމްޑީއެއް އައްޔަން ކުރަންދެން ޒީނާދު ވަނީ އެސްޑީއެފްސީގެ އެމްޑީކަން ކުރައްވައިފަ އެވެ.

އޭގެ ކުރިން އޭނާ ވަނީ ބީއެމްއެލްގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް