ފުވައްމުލައް އެއާޕޯޓު (ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް)

ރީޖަނަލް އެއާޕޯޓްސް އިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަނީ

ފުވައްމުލަކު އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިން، ބިޅިފޭށިގައި 108 ކޮޓަރީގެ ގެސްޓްހައުސްއަކާ އެކު ޓޫރިޒަމް ޒޯނެެއް ތަރައްގީ ކުރަން ވަނީ ނިންމާފައި

ރީޖަނަލް އެއާޕޯޓްސް އިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ނިންމައި އެކަމުގެ އެމްއޯޔޫގައި ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނީ ފުވައްމުލަކު ކައުންސިލާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިން، ބިޅިފޭށިގައި ޓޫރިޒަމް ޒޯނެެއް ތަރައްގީ ކުރާނެ ކަމަށެވެ.

ތަފްސީލް - މި މަޝްރޫއު ހިންގަން ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރާނީ ވެސް ރީޖަނަލް އެއާޕޯޓްސް އިންނެވެ.

  • މި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ވަނީ ނިމިފައި

  • ކޮންސެޕްޓުގައި ވާގޮތުން އެ ސަރަހައްދުގައި 108 ކޮޓަރީގެ ގެސްޓްހައުސްއެއް އަޅާނެ

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ފުވައްމުލަކުގައި ޓޫރިިޒަމް ޒޯނެއް ގާއިމް ކުރަނީ އެ ރަށު އެއާޕޯޓާ އިންވެގެން އޮންނަ ބިމުގެ ބޭނުން ރަށުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކުރުމަށެވެ.

މި މަޝްރޫއާ އެކު ފުވައްމުލަކު އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުވާނެ ކަމަށާއި އެ ރަށުގައި ހިންގާ އެހެން ގެސްޓްހައުސްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް