އެމްއޭސީއެލްގެ 'މިންހެޔޮ، ހިތްހެޔޮ' ހަރަކާތުގައި ތަށިބަރިއެއް ހަދިޔާ ކުރަނީ (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް

އެމްއޭސީއެލް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރަން މި އަހަރު ތަށިބަރި ހަރަކާތް

ކޮންމެ ދުވަހަކު ވެސް އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް، ހަށިގަނޑަށް ފައިދާހުރި މީރު ކާއެއްޗެއްސާ އެކު ތަށިބަރިއެއް ހަދިޔާކުރޭ

ދިވެހިންގެ މެދުގައި އޮންނަ ދީލަތިކަމުގެ ސިފަ ޕްރޮމޯޓުކޮށް، ގޭގައި ހަދާ ކާއެއްޗެހި ގާތް އަވައްޓެރިންނަށާއި ރައްޓެހިންނަށް ގެންގޮސްދިނުމުގެ އާދަ އަލުން ދިރުވުމަށް 'ތަށިބަރި މޫވްމަންޓު'ގެ ނަމުގައި 2018 ވަނަ އަހަރު ހަރަކާތެއް ފެށި އެވެ.

ޓްވިޓާގައި އުޅޭ ބައެއް މީހުންގެ މެދުގައި އޭރު ކުރިއަށް ގެންދިޔަ އެ ހަރަކާތަށް ލިބުނު ތަރުހީބާ އެކު ޖެހިގެން އައި އަހަރުން ފެށިގެން، ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަށިބަރި ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. ގުޅުން ބަދަހި ކުރުމަށް ތަށިބަރި ހަދިޔާކުރާ މަންޒަރުތައް ކޮންމެ ރޯދަމަހަކު ވެސް މިހާރު ފެނެ އެވެ.

މި އަހަރު މި ހަރަކާތް އަލަށް ފެށި އެއް ކުންފުންޏަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. 

އެމްއޭސީއެލްގެ 'މިންހެޔޮ، ހިތްހެޔޮ' ހަރަކާތުގައި ތަށިބަރިއެއް ހަދިޔާ ކުރަނީ (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލްގެ 'މިންހެޔޮ، ހިތްހެޔޮ' ހަރަކާތް އަމާޒުކޮށްފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް ހިތްވަރު ދިނުމަށެވެ.

އެމްއޭސީއެލްގެ 'މިންހެޔޮ، ހިތްހެޔޮ' ތަށިބަރިއެއް (ފޮޓޯ/އެމްއޭސީއެލް)
އެމްއޭސީއެލްގެ 'މިންހެޔޮ، ހިތްހެޔޮ' ތަށިބަރިއެއް (ފޮޓޯ/އެމްއޭސީއެލް)

 މުވައްޒަފުންގެ މެދުގައި ފަސް ތަށިބަރިއެއް ދައުރުކުރެ އެވެ. ކޮންމެ ދުވަހަކު ވެސް އެކުގައި މަސައްކަތްކުރާ އެއް މުވައްޒަފެއްގެ ފަރާތުން އަނެއް މުވައްޒަފަކަށް މީރު، ހަށިގަނޑަށް ފައިދާ ކުރާނެ ކާއެއްޗެއްސާ އެކު ތަށިބަރިއެއް ހަދިޔާކުރެ އެވެ.

އެމްއޭސީއެލްގެ 'މިންހެޔޮ، ހިތްހެޔޮ' ހަރަކާތުގައި ތަށިބަރިއެއް ހަދިޔާ ކުރަނީ (ފޮޓޯ/އެމްއޭސީއެލް)

"ސްޓާފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ މި ހަރަކާތަށް. ތިމަންނައާ ހަމައަށް އަންނާނީ ކޮން އިރަކުހޭ އަހާ. ވަރަށް ކާމިޔާބު،" އެމްއޭސީއެލްގެ ސީނިއާ އޮފިސަރު އޮކިޔުޕޭޝަނަލް ސޭފްޓީ މަރިޔަމް އިފާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ރޯދަމަހު މި ހަރަކާތް އިތުރަށް ފުޅާކުރުމަކީ އެމްއޭސީއެލްގެ އަމާޒެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް