މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓެއް (ފައިލް ފޮޓޯ)

މެލޭޝިއާ އެއާލައިންސުން އޮގަސްޓުގައި ރާއްޖެއަށް ދަތުރުތައް ފަށަނީ

ކޮންމެ ދުވަހަކު ފްލައިޓެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައި

މެލޭޝިއާގެ ގައުމީ އެއާލައިން މެލޭޭޝިއާ އެއާލައިންސް އިން ރާއްޖެއަށް އޮގަސްޓު މަހުން ފެށިގެން ސީދާ ދަތުރުތައް ކުރުމަށް ނިންމައި މިއަދުން ފެށިގެން ޓިކެޓް ވިއްކަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ގައުމުގެ ނޫސްތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެއާލައިނުން ވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން، ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭ ގޮތަށް، ތިން މަންޒިލަކަށް ދަތުރުކުރުމަށް މިއަދު ނިންމާފަ އެވެ. ރާއްޖޭގެ އިތުރުން ދެން ހިމެނެނީ:

  • ޗިއަންގް މައި، ތައިލެންޑް

  • ދަ ނަންގް، ވިއެޓްނާމް

ތަފްސީލު - އޮގަސްޓު 1 އިން ފެށިގެން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށް މެލޭޝިއާ އެއާލާއިންސްގެ ވެބްސައިޓުގައި މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ދުވަހަކު ފްލައިޓެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ފަސްމަންޒަރު - މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތައް މި ފަށަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރި އިރު ދެކޮޅު ޓިކެޓެއްގެ އަގަކީ ގާތްގަނޑަކަށް 450-500 ޑޮލަރެވެ.

އެ ކުންފުނީގެ ބޯޓު އެމްއެޗް 370، 2014ގައި ވީނުވީއެއް ނޭނގި ގެއްލުމާއި 2020ގައި ކުރިމަތިވި ކޮވިޑްގެ ސަބަބުން މާލީ މައްސަލަތަކެއް ކުރިމަތިވި އެވެ. އޭގެ ފަހުން މިހާރު އެ އެއާލައިނުން އަންނަނީ އޮޕަރޭޝަން ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް