ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

500،000 ފަތުރުވެރިން އައިސް ޓާގެޓުގެ %25 ހާސިލްވެއްޖެ

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިއީ ޓޫރިޒަމް ދާއިރާގެ އެންމެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް

ބުދަދުވަހުގެ ނިޔަލަށް 500،000 ފަތުރުވެރިން ރާއްޖެ އައިސް މި އަހަރުގެ ޓޫރިޒަމް ޓާގެޓުގެ %25 ހާސިލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 524،339 ފަތުރުވެރިން އައިސްފައިވެ އެވެ.

ތަފްސީލް - ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ޓޫރިޒަމް ޓާގެޓުގެ %25 ހާސިލްވެއްޖެ ކަމަށާއި މިއީ ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް ހާސިލްވި ކާމިޔާބީއެއް ކަމަށެވެ.

"މިއީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ،" ކުރިއަށް އޮތް ތަނުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،600 އަށް ވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެ އާދެ އެވެ. 

  • މާޗު މަހުގެ 1 އިން 19 އަށް 114.562 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

  • މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 113،484 ފަތުރުވެރިން

އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ގައުމު

  • ޗައިނާ

  • ރަޝިއާ

  • އިޓަލީ

  • އިނގިރޭސިވިލާތް

  • ޖަރުމަނު

ގުޅުން ހުރި - ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކާ އެކު އެ އަދަދު 2 މިލިއަނަށް ވުރެ އިތުރުވާނެ ކަމަށް ފައިސަލް ލަފާކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް