މާލޭ ވިޔަފާރި ބަނދަރު ސަރަހައްދު (ދައުރު ފައިލް ފޮޓޯ)

ފެބްރުއަރީގައި އިމްޕޯޓް އިތުރު، އާމްދަނީ އާއި އެކްސްޕޯޓް ދަށް

އެންމެ ގިނައިން އެތެރެކުރީ ތެލުގެ ބާވަތްތަކާއި ކާބޯތަކެތި، ޖުމްލަ 4.4 ބިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައިވޭ

މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު އިތުރު ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު އާންމު ކުރި މިދިޔަ މަހުގެ އިމްޕޯޓް/އެކްސްޕޯޓް ތަފާސް ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ ނިސްބަތް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު %18 ވަނީ ދަށްވެފަ އެވެ.

ތަފްސީލް - އެ ހިސާބުތަކަށް ބަލާއިރު އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މި އަހަރުގެ ފެބްރުއަރީ މަހު ވަނީ މިދިޔަ އަހަރާ އަޅާބަލާ އިރު %30 ދަށްވެފަ އެވެ.

  • މި އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓު/އެކްސްޕޯޓުން 208 މިިލިއަން ރުފިޔާ ލިބުނު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 297 މިލިއަން ރުފިޔާ

  • މިއަހަރުގެ ފެބްރުއަރީ މަހު 191 މިލިއަން ރުފިޔާގެ މުދާ ބޭރުކުރި، މިދިޔަ އަހަރުގެ ފެވްރުއަރީގައި 232 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި

  • މި އަހަރުގެ ފެބްރުއަރީ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކުރީ 4.2 ބިލިއަން ރުފިޔާގެ މުދާ

ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން އެތެެރެކޮށްފައިވަނީ

  • ތެލުގެ ބާވަތްތައް؛ މެރިން ގޭހާއި ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭސް ވެސް ހިމެނޭހެން 964 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކުރި

  • ކާބޯތަކެތި؛ 951 މިލިއަން ރުފިޔާގެ މުދާ މި ކެޓެގަރީ އިން އެތެރެކުރި

  •  މެޝިނަރީ އާއި މެކޭނިކަލް އެޕްލަޔަންސް؛ 893 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި

އަގުގެ ގޮތުން އެންމެ ގިނަ މުދާ އެތެރެކުރި 5 ގައުމު

  • އޮމާން - 657 މިލިއަން ރުފިޔާގެ މުދާ

  • އިންޑިއާ - 606 މިލިއަން ރުފިޔާގެ މުދާ

  • ޔޫއޭއީ - 579 މިލިއަން ރުފިޔާގެ މުުދާ

  • ޗައިނާ - 578 މިލިއަން ރުފިޔާގެ މުދާ

  • ސިންގަޕޫރު - 403 މިލިއަން ރުފިޔާގެ މުދާ

މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ފަސް ގަައުމު:

  • ތައިލެންޑް

  • އިނގިރޭސިވިލާތް

  • ޖަރުމަނު

  • ބަންގްލަދޭޝް

  • ފްރާންސް

ރާއްޖޭން ބޭރުކުރި މުދަލުގެ ބޮޑު ބަޔަކީ:

  • ގަނޑުކުރި ކަޅުބިލަމަހާއި ކަޅުބިލަ މަހުން އުފައްދާފައިވާ ބާވަތްތައް 

  • ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް

  • ގަނޑުކުރި ކަންނެލި

ކަސްޓަމްސް އިން ބުނީ މިދިޔަ މަހު އެ އިދާރާ މެދުވެރިކޮށް ރޯޔަލްޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް