ބެކެރާ ހޮޓެލް އެންޑް ރިސޯޓްސް އިން ހިންގާ ޕްރޮޕަޓީ އެއް

ރިސޯޓުތައް

ބެކެރާ ހޮޓެލް އެންޑް ރެޒިޑެންސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ

ރިސޯޓު ތަރައްގީ ކުރަނީ މާލެ އަތޮޅު ދެކުނު ބުރީގައި ފަސް ރަށެއް އެއްކޮށްލައިގެން؛ އެ ތަން ހުޅުވޭނެ ކަމަށް ލަފާކުރަނީ 2027 ވަނަ އަހަރު

އެމެރިކާގެ މަތީ ފަންތީގެ ހޮޓެލް އެންޑް ރިސޯޓު ބްރޭންޑް ބެކެރާ ހޮޓެލް އެންޑް ރެޒިޑެންސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ނިންމައި އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހޮސްޕިޓަލިޓީ މެނޭޖުމެންޓު ކުންފުނި، އެސްއެޗް ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހިންގާ ބެެރެކާ ހޮޓެލް އެންޑް ރެޒިޑެންސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ 2027 ވަނަ އަހަރު އެވެ.

ތަފްސީލު - އެ ޕްރޮޖެކްޓާ ގުޅޭ ގޮތުުން އިއްޔެ ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، އެ ރިސޯޓު ތަރައްގީ ކުރަނީ މާލެ އަތޮޅު ދެކުނު ބުރީގައި ފަސް ރަށެއް އެއްކޮށްލައިގެންނެވެ. އެ ރިސޯޓު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި 111 އޭކަރު ހުންނާނެ އެވެ.

މިއީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލުގައި އެންމެ މަތީ ފަންތީގެ ހޮސްޕިޓަލިޓީ ހިދުމަތް ދޭނެ ރިސޯޓެކެވެ.

އެސްއެވް ހޮޓެލްސް އެންޑް ރިސޯޓްސްގެ ސީއީއޯ ރޯލް ލީލް ވިދާޅުވީ، މިހާރު ވެސް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށްވާ ރާއްޖޭގައި ބެރެކާ ބްރޭންޑުގެ ރިސޯޓެއް ހުޅުވުމަކީ އެ ބްރޭންޑަށް ވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

"މިއީ ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަން ރަމްޒުކޮށްދޭނެ ރިސޯޓަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

މި ރިސޯޓު ތަރައްގީ ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި 30 މިނެޓުން ދެވޭ ސަރަހައްދުގަ އެވެ.

ރިސޯޓު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި 20 ހޮޓެލް ވިލާ އާއި 53 ޕްރައިވެޓް ރެޒިޑެންސް ހުންނާނެ އެވެ. އޭގެ ތެރޭގައި:

  • 1 ކޮޓަރި އާއި 3 ކޮޓަރީގެ ހޮޓެލް ވިލާތައް ހިމެނޭ

  • 6 އަދި 7 ކޮޓަރީގެ މޭންޝަންސް ހުންނާނެ

  • 8-9 ކޮޓަރީގެ ޕްރައިވެޓް އައިލެންޑެއް ވެސް އޮންނާނެ

މި ޕްރޮޕަޓީގައި ދުނިޔޭގެ އެންމެ މަގުބޫލު ރަހަތައް ލިބޭނެ ރެސްޓޯރެންޓުތައް ވެސް ހުންނާނެ އެވެ. މީގެ އިތުރުން:

  • ބެރެކާ ތީމްޑް ކްރިސްޓަލް ގާޑެނެއް ހުންނާނެ

  • އައުޓް ޑޯ ސިނަމާއެއް ހުންނާނެ

  • އާޓިސްޓުންގެ ހުނަރުތައް ދައްކާލެވޭނެ އާޓް ގެލެރީއަކާއި އިވެންޓް ސްޕޭސްއެއް

އެ ރިސޯޓުގައި ގޮލްފް ކޯސްއަކާއި ޓެނިސް ކޯޓުގެ އިތުރުން، އެކްސްކާޝަން ހަރަކާތްތަކުގެ ފުރުސަތުތައް ވެސް ފަތުރުވެރިންނަށްޓަކާ ހުންނާނެ އެވެ. މީގެ އިތުރުން، ވެލާއަށް ފަރުވާދޭނެ ރެހިބިލިޓޭޝަން ސެންޓަރަކާ އެކު ރާއްޖޭގެެ ގުދުރަތީ ރީތިކަން ރައްކާތެރިކުރެވޭނެ ކަންތައްތައް ވެސް އެ ތަނުގައި ހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް