މޯލްޑިވިއަން އެކެޑެމީ އޮފް ޑައިވިން އިން ހިންމަފުށީގައި ކުރިއަށް ގެންދިޔަ ފުރަތަމަ ކޯހުގެ ބައިވެރިން (ފޮޓޯ/ފޭސްބުކް)

ޑައިވިން

ޑައިވް ޑެސްކުގެ ޑައިވިން އެކެޑެމީއެއް ހިންމަފުށީގައި ހުޅުވައިފި

ޑައިވިން އާ ގުޅުން ހުރި އެންމެ މަތީ ފަންތީގެ ކޯސްތައް އެ އެކެޑެމީގައި ހިންގާނެ

ރާއްޖޭގެ ފުރަތަމަ ޕަޑި ފައިވް ސްޓާ ކެރިއާ ޑިވެލޮޕްމެންޓް ސެންޓަރު، މޯލްޑިވިއަން އެކެޑެމީ އޮފް ޑައިވިންގެ ސެންޓަރެއް ކ. ހިންމަފުށީގައި ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ޕަޑި ކެރިއާ ޑިވެލޮޕްމެންޓް ސެންޓަރެއްގެ ގޮތުގައި ކުރީ ހަފުތާގައި ހުޅުވި މި ސެންޓަރަކީ އެކެޑެމީއެއްގެ ގޮތުގައި ހިންގާނެ ތަނެކެވެ. ޑައިވް ޑެސްކުން ހިންގާ އެތަނުން ޑައިވިން އާ ގުޅުން ހުރި އެންމެ މަތީ ފަންތީގެ ކޯސްތައް ހިންގާނެ އެވެ.

ތަފްސީލް - ހިންމަފުށީގައި ހުޅުވި މި  ސެންޓަރުގައި ޕަޑި ޑައިވް އިންސްޓްރަކްޓާ ކޯހެއް މިހާރު ހިންގާފައިވާ އިރު ކުރިއަށް އޮތްތަނުގައި ޕަޑި އޯޕަން ވޯޓާ ސްކޫޕާ އިންސްޓްރަކްޓާ ކޯހެއް ހިންގަން ވަނީ ތައްޔާރުވެފަ އެވެ.

  • ޖުލައި 29 އިން އޮގަސްޓް 13 އަށް ކުރިއަށް ގެންދާ މި ކޯހުގެ ޑިރެކްޓަރަކީ ޕަޑި ޕްލެޓިނަމް ކޯސް ޑިރެކްޓާކަން ލިބިފައިވާ އާދަމް އަޝްރަފު

ޑައިވް ޑެސްކުން ހުޅުވި ޑައިވް ސެންޓަރު/އެކެޑެމީ އަކީ މާލޭން ބޭރުގައި ޑައިވިންގެ ދާއިރާ އިން ތަމްރީނު ހަދަން ފުރުސަތުތައް ހުޅުވާލުމަށް ގާއިމް ކުރިތަނެކެވެ. 

ޑައިވް ޑެސްކުން ބުނީ އެ ސެންޓަރު ހިންގާތާ 10 އަހަރަށް ވުރެ ގިނަ އަހަރުވީ އިރު، ފާއިތުވި ހަތް އަހަރު ވެސް ޑައިވިން އާ ގުޅުން ހުރި ކޯސްތައް ކުރިއަށް ގެންދެވުނީ މާލޭގައި ކަމަށެވެ.

ޖާގަައިގެ ދަތިިކަމާއި މާލޭގައި ބޮޑު ހަރަދުކޮށްގެން މަޑުކޮށް ކޯސް ފުރިހަމަ ކުރަން ހުރި ގޮންޖެހުންތައް ނައްތާލުމަށް ހިންމަފުށީގައި ހުޅުވި ސެންޓަރަކީ ޖާގަ ތަނަވަސް ތަނެއް ކަމަށް އެ ތަނުން ބުންޏެވެ.

ކުރިއަށް އޮތްތަނުގައި އެ ސެންޓަރުން ތަމްރީނުވާ ދަރިވަރުންނަށް ހާއްސަކޮށް އެކޮމޮޑޭޝަންގެ ހިދުމަތް ލިބޭނެހެން ޑޯމްތައް ގާއިމް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް