މާލޭގެ ލޯކަލް މާރުކޭޓާއި ވިއްކަން ހުރި ލުނބޯ. (ދައުރު ފޮޓޯ)

އެސްޓީއޯ

އެސްޓީއޯއިން ރޯދައަށް އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި

ރޯދަމަހާ ދިމާކޮށް ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެ، ކިލޯއެއްގެ އަގު މިހާރު ހުރީ 65 - 75ރ.އާ ދެމެދުގައި

ރޯދަމަހަށް ބާޒާރުގައި ލުނބޯގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓީއޯއިން ލުނބޯ އެތެރެކޮށް، އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބާޒާރުގައި މިހާރު ލުނބޯ ކިލޯއެއް ވިއްކަނީ 65 - 75ރ.އާ ދެމެދުގެ އަގުތަކުގަ އެވެ. މިދިޔަ މަހު ވެސް ލުނބޯގެ އަގު ހުރީ އެކަހަލަ ގޮތަކަށެވެ.

ތަފްސީލު - އެސްޓީއޯއިން މިއަދު ބުނީ ލުނބޯގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެ ކުންފުނިން ލުނބޯ އެތެރެކޮށް މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.

އެ ކުންފުނިން ލުނބޯ ވިއްކާ އަގުތަކަކީ:

  • ރީޓެއިލް އަގު - 50ރ.އަށް ކިލޯއެއް

  • ހޯލްސޭލް އަގު - 25 ކިލޯގެ ކޮތަޅެއް 1،175ރ.އަށް

އެސްޓީއޯއިން ލުނބޯ ވިއްކާނީ:

  • އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލްކޮށް)

  • އެސްޓީއޯ ހޯލްސޭލް ސެންޓަރު

  • އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް