ޗައިނާ އީސްޓާންގެ ފްލައިޓްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަނީ: މިއީ ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ލިބޭ އާ އުންމީދެއް (ފޮޓޯ/ވިޒިޓް މޯލްޑިވްސް)

ޓޫރިޒަމް

ޗައިނާ އީސްޓާންގެ ދަތުރުތައް އާ މަންޒިލަކުން ރާއްޖެއަށް ފަށައި އުންމީދު އާކޮށްދީފި

ޗައިނާއަކީ މިހާރު އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު؛ ފެބުރުއަރީ 21އާ ހަމައަށް ޗައިނާއިން ރާއްޖެއަށް 50،481 ޓޫރިސްޓުން އައިސްފައިވޭ
29 ފެބްރުއަރީ 2024

ޗައިނާއިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް އާ މަންޒިލަކުން ރާއްޖެއަށް ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޗައިނާ އީސްޓާންގެ އެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް އައިސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ވޯޓާ ސެލިއުޓަކާ އެކު އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގު ލިޒިން އެވެ. 

ތަފްސީލް - ޗައިނާގެ ވިޔަފާރީގެ މަރުކަޒެއް ކަމަށްވާ ކުންމިންނުން، ޗައިނާ އީސްޓާންއިން ރާއްޖެ މި ފެށި ދަތުރުތައް އެ އެއާލައިނުން ހަފްތާއަކު ހުރިހާ ދުވަހަކު ވެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮވިޑުގެ ކުރިން ވެސް ޗައިނާ އީސްޓާންއިން ރާއްޖެއަށް އެ ދަތުރުތައް ކުރަމުން އައެވެ.

ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން (ފޮޓޯ/ވިޒިޓް މޯލްޑިވްސް)
ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން (ފޮޓޯ/ވިޒިޓް މޯލްޑިވްސް)

ފާހަގަކޮށްލެވޭ - ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ވީ ނަމަވެސް ކޮވިޑާ އެކު އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޭރަށް ދަތުރުކުރެވޭ ގޮތަށް އެ ގައުމުގެ ބޯޑަރުތައް ހުޅުވީ މިދިޔަ އަހަރު އެވެ. އެއާ އެކު މިއަހަރު ޗައިނާ އަނެއްކާ ވެސް ވެފައި ވަނީ އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމަށެވެ. އެގޮތުން: 

  • ފެބުރުއަރީ 21އާ ހަމައަށް ޗައިނާއިން ރާއްޖެއަށް 50،481 ޓޫރިސްޓުން އައިސްފައިވޭ

  • އެއީ މިހާތަނަށް ރާއްޖެ އައި 356،323 ޓޫރިސްޓުންގެ %14.2 

ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވެފައި ވަނީ މިއަހަރު ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު %60 އިތުރު ކުރެވޭނެ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް