އެމްއޭސީއެލްގެ ސީއީއޯ ޝަރީފް: އޭނާ ވަނީ މަޓީގެ ބޯޑު. ނުވަތަ ހިންގާ ކޮމިޓީއަށް އައްޔަންކޮށްފައި

މަޓީ

ނުފޫޒުގަދަ މަޓީގެ ބޯޑަށް އެމްއޭސީއެލްގެ ސީއީއޯ ޝަރީފް އައްޔަންކޮށްފި

މަޓީގެ ހިންގާ ކޮމިޓީގެ ދެ މަގާމެއް ހުސްވެފައި އޮތީ އެބޭފުޅުން ހިންގާ ކޮމިޓީން އިސްތިއުފާ ދެއްވުމުން
20 ފެބްރުއަރީ 2024

ރިސޯޓް ވިޔަފާރިވެރިންގެ ޔޫނިއަން ނުވަތަ ގައުމީ ޖަމްއިއްޔާ، މަޓީގެ އެގްޒެކެޓިވް ބޯޑް، ހިންގާ ކޮމިޓީގެ މެންބަރު ކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ނުފޫޒުގަދަ އަދި ބަސްވިކޭ ޖަމްއިއްޔާ މަޓީގެ 34 ވަނަ އަހަރީ ޖަލްސާ ކުރުނބާ ރިސޯޓުގައި އިއްޔެ ބޭއްވި އިރު އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަންކޮށްފައި ވަނީ ދެ ބޭފުޅެކެވެ. 

ތަފްސީލް - އިސްތިއުފާ ދިނުމުން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުކަމަށް އައްޔަންކޮށްފައިވާ ބޭފުޅުންނަކީ: 

  • 1-

    މައި އެއާޕޯޓް، ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް

  • 2-

    ރިޓްސް ކާލްޓަން ފަރި އައިލެންޑްސްގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ދި އޮލިވޭރާ

ރިޒްކާލްޓަން ފަރިއައިލެންޑުގެ ޖީއެމް ރެނާޓޯ ދި އޮލިވޭރާވެސް

މަޓީގެ ހިންގާ ކޮމިޓީގައި ދެން ތިއްބަވާ ބޭފުޅުންނަކީ:

  • ޗެއާމަން - ޔުނިވާސަލްގެ ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)

  •  ވައިސް ޗެއާމަނުން - ޗަމްޕާ ގުރޫޕްގެ ވެރިޔާ ހުސައިން އަފީފް އަދި ވޮޔޭޖަސް މޯލްޑިވްސްގެ ހިއްސާދާރު ސަލާހު ޝިހާބު 

  • ސެކްރެޓަރީ ޖެނަރަލް - ކްރައުން ކޮމްޕެނީގެ ހިއްސާދާރު އަހުމަދު ނަޒީރު

މަޓީން ބުނި ގޮތުގައި އެ ޖަލްސާގައި އެ ޖަމްއިއްޔާގެ 120 އަށް ވުރެ ގިނަ މެންބަރުންގެ ތެރެއިން 100 މެމްބަރަކު ބައިވެރިވި އެވެ. 

ކުރުބާ ރިސޯޓުގައި ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާ: 100 މެންބަރަކު ބައިވެރިވި (ފޮޓޯ/މަޓީ)

މީގެ އިތުރަށް މަޓީގެ އަހަރީ ޖަލްސާގައި ވަނީ ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރަން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން: 

  • ސަރުކާރުގެ ނެޓް ޒީރޯ އަމާޒާއި ގުޅޭގޮތުން މަޝްވަރާކުރި 

  • ރިސޯޓުތަކުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މަޝްވަރާ 

  • ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރި

ފާހަގަކޮށްލެވޭ - މަޓީގެ އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިގްތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވެސް ބައިވެރިވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް