މީޑިއާނެޓުގެ އޮފީސް. (ފޮޓޯ/މީޑިއާނެޓް)

މީޑިއާނެޓް

މީޑިއާ ނެޓް ރޯދަ ޕްރޮމޯ މިއީވާ ކަމެއް: ރިސޯޓް ދަތުރާއި އަވަނާއި ފްރިޖާއި ދޮންނަ މެޝިން

މީޑިއާނެޓުން ބުނަނީ މިފަހަރުގެ ރޯދަ ޕްރޮމޯ މާ ކުލަގަދަ ވާނެ ކަމަށް
18 ފެބްރުއަރީ 2024

އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ މީޑިއާނެޓުން މި އަހަރު ވެސް ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި އެވެ.

ތަފްސީލް - މީޑިއާނެޓުން ބުނި ގޮތުގައި:

  • އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ ފެބްރުއަރީ 15 އިން މާޗް 21ގެ ނިޔަލަށް 

  • ކޮންމެ ހަފްތާއަކު ނަސީބުވެރި ކަސްޓަމަރުންނަށް އިނާމު ލިބޭއިރު މުޅި ޕްރޮމޯޝަންގެ ބޮޑު އިނާމު ގްރޭންޑް ޕްރައިޒެއް ވެސް ވަނީ ހިމަނާފައި

މި ޕްރޮމޯޝަންގައި މީޑިއާނެޓްގެ ކޮންމެ ޕެކޭޖަކަށް އަަލަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ސަކޮންމެ ހަފްތާއަކު އިނާމެއް ލިބޭނެ އެވެ. ކޮންމެ ހަފްތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ: 

  • ފުރަތަމަ ހަފްތާ: މިޑިއާ ބްރޭންޑުގެ ފްރަންޓް ލޯޑް އިންވާޓާ ދޮންނަ މެޝިނެއް

  • ދެވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 338 ލީޓާ އިންވާޓާ ފްރިޖެއް

  • ތިންވަނަ ހަފްތާ: ޓީ ސީ އެލް ބްރޭންޑްގެ 55 އިންޗީގެ ޓީވީއެއް

  • ހަތަރުވަނަ ހަފްތާ: މިޑިއާ ބްރޭންޑްގެ 8 ބައި ހިމެނޭ ޑިޝްވޮޝާއެއް ނުވަތަ ތަށި ދޮންނަ އެއްޗެއް

  • ފަސްވަނަ ހަފްތާ: 25 ލީޓަރުގެ އެއާ ފްރަޔާ އަވަނެއް

ކޮންމެ ހަފްތާއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ އިތުރުން މީޑިއާނެޓުގެ ހުރިހާ ޗެނަލެއް ލިބޭ ޕެކޭޖު "ވޯންޓް އިޓް އޯލް" ޕެކޭޖަށް ސަބްސްކްރައިން ނުވަތަ އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ހާއްސަ ގްރޭންޑް ޕްރައިޒެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގްރޭންޑް ޕްރައިޒްގެ ގޮތުގައި ނަސީބުވެރި އެއްފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ:

  • ދެ މީހުންގެ ރިޒޯޓް ދަތުރެއް 

  • ރިޒޯޓް ދަތުރު ހަމަޖައްސައިފައި ވަނީ ސިޔާމް ވޯލްޑްގައި

  • 5 ދުވަހުގެ މި ރިޒޯޓް ދަތުރުގެ ޓްރާސްފާ، ކެއުން އަދި ވޯޓާ ވިލާގައި ހުރުމުގެ އިންތިޒާމް މީޑިއާނެޓުން ވަނީ ހަމަޖައްސާފައި

އެނގުން މުހިންމު - ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް މީޑިއާނެޓުން ރީ-ބްރޯޑްކާސްޓްކުރާ ޗެނަލްތަކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކުރަމުންނެވެ. އެގޮތުން އައިސް ޓީވީގެ ފަރާތުން މުޅިން އާ ޝައުގުވެރި ބައިވަރު ޝޯވްތަކެއް މި ރޯދަ ފެށުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން ބުންޏެވެ.

"އެންމެނަށް މީޑިއާނެޓު" ޝިއާރުގެ ދަށުން މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ކުޅިވަރު އިވެންޓްތައް ދިވެހިންގެ ޓީވީ އަދި މޯބައިލް ސްކްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް