އުރީދޫއިން ރާއްޖެއަށް އަޅާ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް މިއަދު ކުޅުދުއްފުއްޓާ ގުޅާލަނީ: މިއީ ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ރަށަކަށް ބައިނައަލްއަގުވާމީ ސަބްމެރިން ކޭބަލެއް ސީދާ އެއްގަންކުރި ފުރަތަމަ ފަހަރު (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫން ރާއްޖެއަށް ގެންނަ ސަބްމެރިން ކޭބަލް ކުޅުދުއްފުއްޓަށް އެއްގަންކޮށްފި

މިއީ ރާއްޖޭގައި ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބަމެރިން ކޭބަލެއް ސީދާ ގުޅާލާ ފުރަތަމަ ފަހަރު
17 ފެބްރުއަރީ 2024

ޔޫރަޕް، އެފްރިކާ އަދި ސިންގަޕޫރު ހުރަސްކޮށް ސީދާ ހދ. ކުޅުދުއްފުއްޓަށް އުރީދޫން އަޅާ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް، 'ޕީސް ކޭބަލް' މިއަދު އެ ރަށަށް އެއްގަންކޮށް އުރީދޫގެ ލޭންޑިންގް ސްޓޭޝަނާ ގުޅާލައިފި އެވެ. 

ފާހަގަކޮށްލެވޭ - މިއީ ރާއްޖޭގައި ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބަމެރިން ކޭބަލެއް ސީދާ ގުޅާލާ ފުރަތަމަ ފަހަރެވެ.

ވީ ކިހިނެއް؟ - ޕީސް ކޭބަލް ލޭންޑިން ސްޓޭޝަނާ ގުޅާލީ އެ ރަށުގައި އުރީދޫން މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. އެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފެެވެ. 

ކުޅުދުއްފުށީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ހިމެނިގެން ދާނެ

ހުސެއިން ނިޔާޒު،  އުރިދޫގެ ޗީފް ކޮމާޝަލް އޮފިސާ

ތަފްސީލް - އުރީދޫން ބުނީ ޕީސް ކޭބަލް މެދުވެރިކޮށް މިއަހަރުގެ ތިން ވަނަ ކުއާޓާގައި ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެ ސަބްމެރިން ކޭބަލާ އެކު އަންނާނޭ ކުރިއެރުންތަކުގެ ގޮތުގައި އުރީދޫން ބުނީ:

  • އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ކެޕޭސިޓީ އިތުރުވުން

  • 5ޖީ ގެ ގާބިލްކަން އިތުރުވާނެ 

  • ކުޅުދުއްފުށި ވެގެން ދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ ހަބަކަށް 

  • ފުޅާދާއިރާއެއްގައި އައިޓީ ހިދުމަތްތައް ދީ ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވޭނެ 

  • އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ

އުރީދޫން ރާއްޖެ ގެންނަ ސަބްމެރިން ކޭބަލް "ޕީސް ކޭބަލް" ގުޅާލުމަށް ބޭނުން ކުރާ ބޯޓް ކުޅުދުއްފުށީ ބޭރުގައި (ފޮޓޯ/އުރީދޫ)

މިނިސްޓަރުގެ ބަސް - އެ ހަފްލާގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްއެއް ގްރޭޓާ މާލެ ފިޔަވާ ރާއްޖޭގެ އެހެން ރަށަކާ ސީދާ ގުޅާލުމަކީ މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ކުރިއެރުމެއް ކަމަށެވެ. އެކަމުގެ ސަބަބުން މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މަންފާ ލިބި އިތުރު ދޮރުތައް ހުޅުވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

"އުރީދޫ މޯލްޑިވްސް ވަނީ ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އާދަމް ޝަރީފް ވިދާޅުވި އެވެ. 

އުރީދޫގެ ބަސް - އުރީދޫގެ ފަރާތުން އެ ހަފްލާގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒު ވިދާޅުވީ ޕީސް ކޭބަލްގެ މައި ސްޓޭޝަން ކުޅުދުއްފުށީގައި ގާއިމްކުރި ނަމަވެސް އެއީ އެ ރަށުގެ އިތުރަށް މުޅި ރާއްޖެއަށް ވެސް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ. އަދި އުރީދޫއިން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ހިމެނިގެން ދާނެ" ނިޔާޒު ވިދާޅުވި އެވެ. 

ޕީސް ކޭބަލް ކުޅުދުއްފުއްޓަށް އެއްގަން ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތު (ފޮޓޯ/އުރީދޫ)

'ކުޅުދުއްފުށި ވާނީ ޑިޖިޓަލް މައި ހަބަކަށް'

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވަނީ އާ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއްގެ މައި ލޭންޑިން ސްޓޭޝަން ކުޅުދުއްފުށީގައި ބެހެއްޓި ކަމަށް ޓަކައި އުރީދޫއަށް ޝުކުރު ދަންނަވައިފަ އެވެ.

އޭނާ ވިދާޅުވީ އުންމީދަކީ ކުޅުދުއްފުއްޓަކީ ޑިޖިޓަލް މައި ހަބަކަށް ވުން ކަމަށެވެ. އެއީ ރަށަށް ލިބޭނޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މުޖުތަމައަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ މިކަމުން ލިބޭނެ،" އާތިފް ވިދާޅުވި އެވެ. 

އެނގުން މުހިންމު - ޕީސް ކޭބަލް ރާއްޖެއަށް ގެނައުމަށް އުރީދޫއިން އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 13 ޑިސެމްބަރު 2021ގަ އެވެ. 

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް