އުރީދޫ އާއި އަމާނާ ތަކަފުލް ގުޅިގެން ދަތުރުވެރިންނަށް ހާއްސަ 'އެމް-ފައިސާ' ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކުރުން. (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫ އާއި އަމާނާ ތަކަފުލްއިން އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް

މި ޕެކޭޖުގެ ދަށުން ދަތުރުމަތީގައި ދިމާވާ އެކްސިޑެންޓް، ފްލައިޓް ލަސްވުން އަދި ކުއްލި ހާލަތްތަކުގައި ބޭސްފަރުވާއަށް ހިނގާ ހަރަދުތަކަށް ބަދަލު ހޯދައިދޭނެ
14 ފެބްރުއަރީ 2024

އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކަފުލް ގުޅިގެން، 'އެމް-ފައިސާ' ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ޕެކޭޖު ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަ، ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުންތަކަށް ބަދަލު ހޯދައިދޭ އިންޝުއަރެންސް ޕެކޭޖެކެވެ.

ތަފްސީލު - މި ޕެކޭޖުން ބަދަލު ހޯދައިދޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ދަތުރުމަތީގައި ދިމާވާ އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ - 771،000ރ.އާ ހަމައަށް

  • ކުއްލި ހާލަތްތަކުގައި ބޭސްފަރުވާގެ ހަރަދުތަކަށް - 1،542،000ރ.އާ ހަމައަށް

  • ހާލަތެއް މެދުވެރިވެގެން ދަތުރު ކެންސަލް ކުރަން ޖެހުން

  • ދަތުރު ކުރުކޮށްލާފައި އެނބުރި އަންނަން ޖެހުން

  • ފްލައިޓަށް އަރުވާ ދަބަސް ގެއްލުން

  • ޕާސްޕޯޓު ގެއްލުން

  • ފްލައިޓަށް ދިމާވާ ކަމެއްގެ ސަބަބުން ދަތުރު ނުކުރެވޭ ގޮތްވުން

  • ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވުން

އުރީދޫ އާއި އަމާނާ ތަކަފުލް ގުޅިގެން ދަތުރުވެރިންނަށް ހާއްސަ 'އެމް-ފައިސާ' ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކުރުން. (ފޮޓޯ/އުރީދޫ)

އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް

  • ޕެކޭޖު ނެގޭނީ 65 އަހަރުން ދަށުގެ މީހުންނަށް

  • އެކީގައި ދަތުރުކުރާ މީހުން އެއް ޕެކޭޖުގައި ހިމެނޭނެ

  • ޕެކޭޖުގެ މުއްދަތު - 14 ނުވަތަ 35 ދުވަސް

  • އޭޝިއާ ގައުމުތަކާއި އެމެރިކާ އަދި ކެނެޑާއަށް ދަތުރުކުރާ މީހުންނަށް ހާއްސަ ޕެކޭޖުތައް ލިބޭނެ

  • އަގު ކަނޑައަޅަނީ ނަގާ މުއްދަތާއި ދަތުރުކުރާ ގައުމަކަށް ބެލުމަށްފަހު

  • އޭޝިއާ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރާނަމަ ދައްކަން ޖެހޭނީ 117ރ.

މި ޕެކޭޖުން ނަގާ ކަސްޓަމަރުންނަށް އެކްސިޑެންޓެއް ދިމާވެއްޖެ ހާލަތެއްގައި ވީހާވެސް އަވަހަށް އަމާނާ ތަކަފުލްއާ ހިއްސާ ކުރުމަށްފަހު ހަރަދުވި ބިލުތައް ހުށަހެޅުމުން ބަދަލު ލިބޭނެ އެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި ބޭސްފަރުވާާގެ ކަންކަން ހަމަޖެއްސުމަށް އެހީތެރިކަން ފޯރުކޮށްދޭން އަމާނާ ތަކަފުލްގެ ތާޑް-ޕާޓީ އެޖެންޓުން އެކި ސަރަހައްދުތަކުގައި ތިބޭނެ އެވެ.

ބުނީ ކީކޭ؟ - އަމަނާ ތަކަފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން އިންޝުއަރެންސް ދާއިރާއަށް ގިނަ ފުރުސަތުތަކެއް ހުޅުވި، ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެކި ހައްލުތައް ލިބެމުން އަންނަ ކަމަށެވެ.

"ކަމެއްގެ ހައްލު ތިލަކޮށް ނުދެވެންޏާ މީހުނަށް އެމީހުން ބޭނުންވާ އެއްޗެއް ނޭނގޭ. އުރީދޫ ފަދަ ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކާއި އަމާނާ ތަކަފުލް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ފުރިހަމަ ޓްރެވަލް އިންޝުއަރަންސެއް، ޖީބަށް ކަތާވަރުގެ އަގެއްގައި، އުރީދޫގެ އެމް-ފައިސާ ފަދަ ޕްލެޓްފޯމަކުން ލިބެން ހުރުމަކީ މިފަދަ ޕްރޮޑަކްޓެއް ބަލައިގަތުމަށް ފަސޭހަވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫ ސުޕަ އެޕްއިން، އެމް-ފައިސާ ބޭނުންކޮށްގެން މި އިންޝުއަރެންސް ޕްލޭން ކަސްޓަމަރުންނަށް ވަރަށް ފަސޭހައިން ގަނެވޭނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޑިޖިޓަލް ރާއްޖެއަކަށް ބޭނުންވާނެ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނެ އިތުރު ގޮތްތައް އެ ކުންފުނިން ހޯދަމުން އަންނަ ކަމަށެވެ.

"އަމާނާ ތަކަފުލް އާއެކު އިތުރު ޑިޖިޓަލް އިންޝުއަރަންސް ޕްލޭންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް މިހާރުވެސް މިދަނީ މަސައްކަތްކުރަމުން،" ނިޔާޒު ވިދާޅުވި އެވެ.

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް