ރެއިންބޯއިން ހުޅުމާލޭގައި ހުޅުވި ފިހާރައިގައި ވިއްކަން ހުރި ބައެއް ސާމާނު (ފޮޓޯ/ރެއިންބޯ)

ރެއިންބޯ

އަގުހުރި އިނާމު ލިބޭ ރެއިންބޯ އިޔާ އެންޑް ސޭލްގެ ނަސީބުވެރި ފަރާތް ހޮވައިފި

ނަސީބުވެރި ފަރާތަށް ދެނީ ބެކޯ ބްރޭންޑްގެ އެޕްލަޔަންސް ޕެކޭޖެއް. ރޯދަ މަހަށް ހާއްސަ، އެކި އަދަދުތަކުން ޑިސްކައުންޓް ލިބޭ ސޭލެއް ރެއިންބޯއިން ވަނީ ފަށާފައި
5 ފެބްރުއަރީ 2024

ރެއިންބޯ އިޔާ އެންޑް ސޭލް 2023 ނިންމާލައި، އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

ވީ ކިހިނެއް؟ - އެ ޕްރޮމޯޝަންގެ ލަކީޑްރޯ ނެގީ ހުޅުމާލޭގައި ހުންނަ ރެއިންބޯ ސެންޓްރަލްގައި ރޭ ބޭއްވި ހަފްލާއެއްގަ އެވެ.

ތަފްސީލު - އިޔާ އެންޑް ސޭލްގެ ނަސީބުވެރި ފަރާތަށް ހޮވުނީ ކޫޕަން ނަންބަރު 13801 އެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ދެނީ ބެކޯ ބްރޭންޑްގެ އެޕްލަޔަންސް ޕެކޭޖެކެވެ. އެ ޕެކޭޖުގައި ހިމެނެނީ، ބެކޯ ބްރޭންޑްގެ:

  • ފްރިޖެއް

  • ކޮންވެންޝަނަލް ހުޑް އިނޮކްސް

  • ބިލްޓް އިން ގޭސް ހޮބް (4 ބާނާސްގެ)

  • ވޮޝާ ޑްރަޔާއެއް

ރެއިންބޯ އިޔާ އެންޑް ސޭލް 2023ގެ ނަސީބުވެރި ފަރާތް ހޮވުން. (ފޮޓޯ/ރެއިންބޯ)

ރެއިންބޯ ރަމަދާން ސޭލް 2024

އިޔާ އެންޑް ސޭލް ނިންމާލުމަށް ފަހު ރެއިންބޯއިން ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރަމަޒާން ސޭލްއެއް ވަނީ ފަށާފަ އެވެ. އެކި އަދަދުތަކުން ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ 9 އޭޕްރީލްގެ ނިޔަލަށެވެ. މި ޕްރޮމޯޝަށް ހުށައެޅި އިނާމުތަކަކީ؛

  • ޕްރޮމޯޝަންގެ ނަސީބުވެރި އެއް ފަރާތަށް ދެ މީހުންގެ އުމްރާ ދަތުރު ޕެކޭޖެއް

  • ރޯދަމަހުގެ ކޮންމެ ހަފްތާއަކު ލަކީޑްރޯއެއް ނަގާނެ (ޖުމްލަ ހަތަރު ލަކީޑްރޯ)؛ ނަސީބުވެރި ކޮންމެ ފަރާތަކަށް ވެސް ޕާޓީއޯއިން 4 މީހުންގެ އިފްތާރު ވައުޗާއެއް

ރެއިންބޯ ރަމަދާން ސޭލް 2024 ކުރިއަށްދާނީ 9 އޭޕްރީލްގެ ނިޔަލަށް.

މި ސޭލް ކުރިއަށްދާ މުއްދަތުގައި ރެއިންބޯގެ އެކި ފިހާރަތަކުގެ އިތުރުން އޮންލައިން ސްޓޯރު 'ބައި ރެއިންބޯ'އިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ވެސް ވަރަށް ރަނގަޅު ޑިސްކައުންޓްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް