މިދިޔަ އަހަރު ބޭއްވި ދޯހާ މެރަތަން.

އުރީދޫ

ދޯހާ ދުވުމުގައި ބައިވެރިވެލަން އުރީދޫ ކަސްޓަމަރުންނަށް ފުރުސަތެއް

ގުރުއަތުން ހޮވޭ އުރީދޫގެ ދެ ކަސްޓަމަރުންނަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ
5 ފެބްރުއަރީ 2024

ދޯހާގައި މި މަހު ބާއްވާ 'ދޯހާ މެރަތަން'ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ލަކީޑްރޯއެއް އުރީދޫގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން އެ ކުންފުނިން ފަށައިފި އެވެ.

ތަފްސީލު - ދޯހާ މެރަތަން އޮންނާނީ ފެބްރުއަރީ 16ގަ އެވެ. އުރީދޫގެ ލަކީޑްރޯގައި ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ލަކީޑްރޯގައި އުރީދޫގެ ވެބްސައިޓު މެދުވެރިކޮށް 10 ފެބްރުއަރީގެ ރޭގަނޑު 12 ޖެހުމާ ހަމައަށް މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތުތައް:

  • އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ހުރުން (ލަސްވެގެން 1 ފެބްރުއަރީ 2023އިން ފެށިގެން)

  • ދޯހާ މެރަތަންގައި ހާފް މެރަތަންއެއް ނުވަތަ މެރަތަންއެއް ދުވުމުގެ ސިއްހީ ގާބިލުކަން ހުރުން؛ މީގެ ކުރިން ހާފް މެރަތަންއެއް ނުވަތަ މެރަތަންއެއްގައި ދުވެފައިވުން

  • ގަތަރަށް އެތެރެވުމުގެ ޝަރުތު ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން

  • 10 ފެބްރުއަރީގެ ރޭގަނޑު 12 ޖެހުމުގެ ކުރިން ލަކީޑްރޯގައި ބައިވެރިވުން

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް