ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް މެދުވެރިކޮށް ޑޮލަރު ނަގަނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ކެބިނެޓް ނިންމުމާ އެއްގޮތަށް ކާޑް ލިމިޓު މާދަމާ ބޮޑެއްް ނުވާނެ

މިދިޔަ މަހު ކެބިނެޓުން ނިންމާފައިވަނީ ބޭރުގައި ކިޔަވަން ތިބޭ ދިވެހިންނަށް އަންނަ މަހުން ފެށިގެން 1،200 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ ގޮތަށް ހަމަޖެއްސުމަށް

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް، ކާޑު ބޭނުންކޮށްގެން މަހެއްގެ މައްޗަށް ބޭނުން ކުރެވޭ އަދަދު މާދަމަ އިން ފެށިގެން 1،200 ޑޮލަރަށް ބޮޑުކުރަން ކެބިނެޓުން ނިންމާފައިވީ ނަމަވެސް، އަދިވެސް ކުރިއަށްދަނީ އެފަދަ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކަމަށް ބޭންކުން ބުނެފި އެވެ.

މިއާއެކު ކެބިނެޓުގެ ނިންމުމާ އެއްގޮތަށް ޑޮލަރު ލިމިޓު މާދަމާ ބޮޑު ނުވާނެކަން ވަނީ އެނގިފަ އެވެ.

އެނގުން މުހިންމު - މިހާރު ބޭރުގައި ތިބޭ ދިވެހި ދަރިވަރުންނަށް ބީއެމްއެލްގެ ކާޑު މެދުވެރިކޮށް ބޭނުން ކުރެވެނީ މަހަކު 750 ޑޮލަރެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު ކެބިނެޓުން ނިންމާފައިވަނީ ބޭރުގައި ކިޔަވަން ތިބޭ ދިވެހިންނަށް އަންނަ މަހުން ފެށިގެން 1،200 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭނެ ގޮތަށް ހަމަޖެއްސުމަށެވެ.

ތަފްސީލް - ބީއެމްއެލް އިން މިއަދު ބުނީ އެ ބޭންކުގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރެވޭ ލިމިޓް އިތުރުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މި ބަދަލާ އެކު ޑޮލަރު ބޭނުންވާނެ މިންވަރާއި ބަދަލުގެ ބޮޑު ކުޑަމިނާއި، މިގޮތަށް ލިމިޓް އިތުރުކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ގޮތުން  މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބިގެންދާ އަދަދެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ކޮމެންޓް (1)

ވާނުވާ

31 ޖެނުއަރީ 2024
ރައީސް ވިދާޅުވި ގޮތަށް ފޭސް 1 ގެ ފްލެޓް ތަކުގެ ކުލި ވެސް ކުޑައެއް ނުވޭ. ވައުދު ދަނީ ފެނަށް. ދައުރު ކުދިން މިކަން ވެސް ޗެކްކޮއްލަދީބަލަ.އެޗް.ޑިީ.އެފް.ސީ އަދި ހައުސިންގ ވެސް ހަމަ ދެކޮޅަށް ބޯޅަ ޖެހުމުގަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް