އޭސް ހާޑްވެއާގެ ފިހާރައެއް (ދައުރު ފޮޓޯ/ހުސެން ސުނޭން)
އޭސް ހާޑްވެއާ، ކަލަބޭންކުގެ ރޯދަ ޕްރޮމޯޝަނުގެ ހަދިޔާއަކީ އުމްރާ ދަތުރެއް
އެއްވަނަ އިނާމަކަށް ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ހަދިޔާއަކާ އެކު އޭސް ހާޑްވެއާ އާއި ކަލަބޭންކުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފެބްރުއަރީ 1 އިން އޭޕްރީލް 20ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި އޭސް ހާޑްވެއާ އާއި ކަލަބޭންކުން ކުރާ ކޮންމެ 350ރ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
ތަފްސީލް - އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް އޭސް ހާޑްވެއާގެ ފިހާރަތަކުން ރޯދައަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ލިބޭނެ އެވެ. އެގޮތުން؛
-
ކޮރަލް، ގިބްސަން، ޓިފަލް އަދި ޕައިރެކްސް ބްރޭންޑުގެ ތަށިސެޓާއި ތެލިސެޓުތަކުން ބޮޑެތި ޑިސްކައުންޓް
މީގެ އިތުރުން ކަލަބޭންކް އާއި ކަލަބޭންކް ހޯމް އިން ވިއްކާ ކްރައުން އަދި ޖޯޓަން ބްރޭންޑުގެ ކުލަ އިން ވެސް ބޮޑެތި ޑިސްކައުންޓު ލިބޭނެ އެވެ.
-
ކަލަބޭންކުން ވިއްކާ ދަވާދުން ވެސް މި ޕްރޮމޯޝަނުގެ ތެރެއިން ޑިސްކައުންޓް ލިބޭނެ
ފާހަގަކުރެވޭ - ޕްރޮމޯޝަނުގެ މުއްދަތުގައި އޭސް ހާޑްވެއާ އާއި ކަލަބޭންކުން ކުރާ ކޮންމެ 100ރ އިން މަތީގެ ވިޔަފާރިއަކަށް 'ސްކްރެޗް އެންޑް ވިން' ކާޑެއް ވެސް ލިބޭނެ އެވެ.
-
މި މުއްދަތުގައި ސޯޝަލް މީޑިއާގައި ވެސް ޝެއާ އެންޑް ވިން ޕްރޮމޯޝަނެއް ކުރިއަށްދާނެ