ދިރާގު ހެޑް އޮފީސް

ދިރާގު

ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް ފަށައިފި

އަންނަ ހޮނިހުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ދިރާގުގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެ

ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒްއާ އެކު، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާ އެކު މުޅި އަހަރު ތެރޭ ކުރިއަށް ގެންދަން ނިންމާފައިވާ އީސްޕޯޓްސް މުބާރާތްތައް ދިރާގުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1އަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހަފްތާގަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުން މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

އަންނަ ހޮނިހުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ދިރާގުގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެ އެވެ.

ބުނީ ކީކޭ؟ - ދިރާގުގެ މެނޭޖަރު، ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ އީސްޕޯޓްސް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގޭނެ ކުޅިވަރެއް ކަމަށާއި މި މުބާރާތަކީ ދިވެހި ގޭމަރުންނަށް އެ މީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ގޭމިން ކުރިއެރުވުމަށް މަގުފަހިކޮށްދީ، ތަފާތު އޮންލައިން ގޭމްތަކަށް ގޭމިން ކޮމިއުނިޓީތައް ބިނާކުރުމަށް ކުރެވޭ މުހިންމު ކަމެއް ކަމަށެވެ.

ދިރާގު މޮބައިލް ލެޖެންޑްސް ސީރީޒް:

  • މޮބައިލް ލެޖެންޑްސް އަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެއް

  • މިދިޔަ އަހަރު ދިރާގުން ވަނީ 'މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް 2023'ގެ ނަމުގައި ޖުމްލަ 100،000ރ.ގެ އިނާމުތަކާ އެކު ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް އީސްޕޯޓްސް މުބާރާތް ބާއްވާފައި

ދިރާގުން ބުނީ އެ ކުންފުނީގެ މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވައި ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް