އެސްޑީއެފްސީގެ އެމްޑީ އަކަށް އައްޔަނު ކުރި އައިޝަތު ފިފްޝީން އަލީ (ފޮޓޯ/ބީއެމްއެލް)

އެސްޑީއެފްސީ

އެސްޑީއެފްސީގެ އެމްޑީއަކަށް ފިފްޝީން އައްޔަންކޮށްފި

ފިފްޝީން ވަނީ ބޭންކް އޮފް މޯލްޑިވްސްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ މިއަދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަށް އެސްޑީއެފްސީން މިއަދު ވަނީ މަރުހަބާ ކިޔައިފަ އެވެ. އިއްޔެއާ ހަމައަށް އެސްޑީއެފްސީގެ އެމްޑީއަކަށް ހުންނެވީ ކުރީ ސަރުކާރުގައި ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ޒީނާދެވެ.

ތަފްސީލް - އެސްޑީއެފްސީގެ އެމްޑީއަކަށް އައްޔަންކުރި ފިފްޝީން ވަނީ:

  • 20 އަހަރަށް ވުރެ ގިނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މަސައްކަތް ކުރައްވާފައި

  • އެ ބޭންކުގެ ހެޑް އޮފް ޗެނަލް މެނޭޖުމެންޓުގެ މަގާމު އަދާކުރައްވާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް