ވީއައިއޭގައި އެއާކްރާފްޓުތައް ޕާކުކޮށްފައި (ފޮޓޯ/އެމްއޭސީއެލް)

925 މޫވްމަންޓާ އެކު ހޮނިހިރު ދުވަހު ވީއައިއޭގައި އާ ރެކޯޑެއް

އޭގެ ކުރިން މިދިޔަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު ރެކޯޑު ކުރެވިފައިވަނީ 856 މޫމަންޓު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފްލައިޓް ޖެއްސުމާއި ނައްޓާލި އަދަދު ނުވަތަ އެއާ ޓްރެފިކް މޫވްމަންޓުގެ އާ ރެކޯޑެއް މިދިޔަ ހޮނިހިރު ދުވަހު ގާއިމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވީއައިއޭ އިން ބުނީ އެ ދުވަހު އެއާޕޯޓުގައި 925 މޫވްމަންޓު ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

ތަފްސީލް - އޭގެ ތެރޭ ހިމެނެނީ:

  • ސީޕްލޭން: 672

  • ބައިނަލްއަގުވާމީ ފްލައިޓުތައް: 104

  • އެތެރޭގެ އުދުންތައް: 116

  • އަމިއްލަ ޖެޓު: 33

އޭގެ ކުރިން އެންމެ ގިނައިން ރެކޯޑްކުރެވިފައި ވަނީ، މިދިޔަ އަހަރުގެ 6 ޖެނުއަރީގައި 856 މޫވްމަންޓެވެ.

ހަމަ އެއާ އެކު، މިދިޔަ ހޮނިހިރު ދުވަހަކީ ތާރީހުގައި ވެސް އެންމެ ގިނަ ސީޕްލޭން މޫވްމަންޓު ރެކޯޑު ކުރެވުނު ދުވަސް ވެސްމެ އެވެ. ކުރިން އެންމެ ގިިނަ ސީޕްލޭން މޫމަންޓު ރެކޯޑު ކުރެވުނީ މި މަހުގެ 2 ވަނަ ދުވަހު، 659 މޫވްމަންޓެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ މިއީ ދާއިރާގެ ގުޅުންހުރި ހުރިހާ ފަރާތްތައް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވެސް ތޯހާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް