ކޯ-ލޯޑުން ހިންގާ އޭސް ހާޑްވެއާގެ ފިހާރައެއް (ދައުރު ފޮޓޯ/ހުސެން ސުނޭން)

އޭސް ހާޑްވެއާ

ކޯ-ލޯޑުން ބިލްޑް އެކްސްޕޯގައި ޕަވަޓޫލްސްއާ ގުޅޭ މައުލޫމާތު ދޭނެ

އެމްއެންއޭސީއައިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބިލްޑް އެކްސްޕޯ އޮންނާނީ މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި

މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާ ބިލްޑް އެކްސްޕޯގައި ހުންނަ ކޯލޯޑް މޯލްޑިވްސްގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ކުންފުނީގެ އޭސް ހާޑްވެއާ އަދި ކަލަ ބޭންކް ފިހާރަތަކުން ވިއްކާ ޕަވަ ޓޫލްސް އާއި ޓެކްސްޗާ ޑިޒައިން ޕެއިންޓު އަދި އިންޓީރިއާ އަދި އެކްސްޓީރިއާ ޕެއިންޓްގެ މައުލޫމާތު ހޯދޭނެ ކަމަށް ކޯ-ލޯޑް މޯލްޑިވްސް އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތައް ތަމްސީލު ކުރާ ޖަމިއްޔާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބިލްޑް އެކްސްޕޯ އޮންނާނީ މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި އެކްސްޕޯގައި ހުންނަ ކޯލޯޑްގެ ސްޓޯލް ނަންބަރަކީ 44 އަދި 45 އެވެ.

ތަފްސީލް - އެކްސްޕޯގައި ހުންނަ އޭސް ހާޑްވެއާ އާއި ކަލަ ބޭންކު ހިންގާ ކޯލޯޑް މޯލްޑިވްސްގެ ސްޓޯލުން އެ ފިހާރަތަކުން ވިއްކާ ކޮލެޓީ ފާރުގައި ލާ ކްރައުން އަދި ޖޯޓަން ކުލަ އާއި އޭއީޖީ އަދި މިލްވައުކީ ޕަވަ ޓޫލްސްތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގޭގައި ކުދި ކުދި މަސައްކަތް ކުރަން ގެންގުޅޭ ޕަވަ ޓޫލްސް ގަތުމުގެ ކުރިން އެންމެ ކޮލެޓީ އެންމެ ރަނގަޅު ސާމާނާ ބެހޭ މައުލޫމާތު ހޯދަން މި ސްޓޯލަށް ޒިޔާރަތްކޮށްލެވޭނެ އެވެ.

ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ އެންމެ ފެންވަރު ރަނގަޅު ޕަވަ ޓޫލްސް ވެސް ކޯލޯޑްގެ ދަށުން ހިންގާ ފިހާރަތަކުން ލިބޭއިރު، މި އެކްސްޕޯ އިން އެފަދަ ޓޫލްތަކުގެ އެންމެ ރަނގަޅު މައުލޫމާތު ސާފުވާނެ އެވެ. އަދި އެ ޓޫލްތައް ބޭނުން ކޮށްލުމުގެ ފުރުސަތު ވެސް މި ސްޓޯލުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް